Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

މެޗުގައި ދެޓީމަށް ވެސް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 14 އެޕްރީލު 2017 | ހުކުރު 00:09
މާލޭ ލީގުގައި ވާދަކުރާ ކްލަބު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

މާލޭ ލީގުގައި ވާދަކުރާ ކްލަބު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

ފުރަތަމަ ހާފުގައި ސޮބޮލް އިލިއާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު 0-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ މައްޗަށް ކްލަބު ގްރީން ސްޓްރީޓްސް ކުރި ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ވެސް ދެޓީމަށް ލިބިފައެއް ނުވެ އެވެ.

ގްރީން ސްޓްރީޓުން މި މެޗުގައި ކާމިޔާބުކުރި ލަނޑު އަދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އިލިއާ އެވެ.

މި ލަނޑަށްފަހު ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ދެވަނަ ހާފު ފެށިގެންވެސް ދެޓީމަށް ވެސް މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ. އެހެން ނަމަވެސް އިލިއާ ވަނީ ޔޫވީގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލާފަ އެވެ.

މެޗުގެ ފަހު ބައި އެއްކޮށް ކަހަލަ ގޮތަކަށް ފެނިގެންދިޔައީ އެއްވެސް ކޮޅަކުން ރީތި ފުޓުބޯޅައެއް ނުކުޅެވި ކުޅުންތެރިން ވަރުބަލިވެފައި ތިބި މަންޒަރެވެ. އެގޮތުން ގިނަ ފައުލްތަކެއް ވެސް ވަނީ ފެނިގެންގޮސްފަ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރީން ސްޓްރީޓަށް ވަނީ މިހާތަނަށް ކުޅުނު 4 މެޗުން 7 ޕޮއިންޓް ލިބިފަ އެވެ. އެގޮތުން ހަތަރު ވަނައިގައި އޮތް އީގަލްސްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ގްރީން ސްޓްރީޓް އޮތީ ގޯލުގެ ތަފާތާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ. މެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީ އޮތީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ލީގުގެ ފުލުގަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު