Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ކެޕާ ހުރި ފެންވަރާމެދު އަންޗެލޮޓީ ހިތްހަމަޖެހޭ!

އަންޗެލޮޓީ ބުނީ، ކެޕާ ހުރީ ވަރަށް ރަނގަޅު ފެންވަރެއްގައި ކަމަށާއި، ޒުވާން ކުޅުންތެރިޔާގެ ކިބައިގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާ ހުރިކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2023 | ހޮނިހިރު 03:10
ރެއާލް މެޑްރިޑުގެ ފަރިތަކުރުމުގައި ކެޕާ ބައިވެރިވަނީ

ރެއާލް މެޑްރިޑުގެ ފަރިތަކުރުމުގައި ކެޕާ ބައިވެރިވަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުނު ޗެލްސީގެ ގޯލް ކީޕަރު ކެޕާ އަރިއްޒަބަލާގާ ހުރި ފެންވަރާމެދު ހިތްހަމަޖެހޭކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އަންޗެލޮޓީ މިހެން ބުނީ ސްޕެނިޝް ލީގުގައި ރެއާލުން އަލްމޭރިއާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަދައްކަމުންނެވެ. އެ މެޗަކީ ރެއާލަށް ބަދަލުވި ފަހުން ކެޕާ އެ ޓީމަށް ކުޅޭނެ ފުރަތަމަ މެޗެވެ. ރެއާލުން ކެޕާ ހޯދީ, އެ ޓީމުގެ އެއްވަނަ ގޯލް ކީޕަރު ބެލްޖިއަމްގެ ތިބައޫ ކޯޓުއާއަށް އަނިޔާވެ, ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. ރެއާލްގައި ކެޕާ ކުޅޭނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ.

އަންޗެލޮޓީ ބުނީ، ކެޕާ ހުރީ ވަރަށް ރަނގަޅު ފެންވަރެއްގައި ކަމަށާއި، ޒުވާން ކުޅުންތެރިޔާގެ ކިބައިގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާ ހުރިކަމަށެވެ. އަންޗެލޮޓީ ބުނީ ބަދަލު ކީޕަރު ލުނިންގެ މަދީ ތަޖުރިބާ ކަމަށެވެ. ނަމަވެސް އޭނާއަކީވެސް ޒުވާން ކުޅުންތެރިއެއް ކަމަށާއި، މުސްތަގުބަލު ކުރިއަށް އޮތް ކަމަށް އަންޗެލޮޓީ ވަނީ ބުނެފައެވެ. އޭނާ ބުނީ ކޮންމެ ތިން ދުވަހުން އެއް ދުވަހު ކަހަލަ ގޮތަށް މެޗެއް ކުޅެންޖެހޭއިރު، މާ ބޮޑަށް ރޮޓޭޓު ނުކުރެވިދާނެ ކަމަށެވެ. އެހެންކަމުން ކޮންމެވެސް އެއް ކީޕަރަކަށް އިތުރަށް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ ވަނީ ބުނެފައެވެ. ކެޕާއާއެކު މި ސީޒަނުގައި ރެއާލުން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްވާނެކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އަންޗެލޮޓީ ވަނީ ޓީމުތަކުގެ ލޮކާ ރޫމުގައި ކެމެރާ ހަރުކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައެވެ. އޭނާ ބުނީ ސްޕެނިޝް ލީގުގެ ކުރިމަތީގައި ރެއާލަށް ހައްގެއް އޮންނާނެކަމަށް ދެކޭކަމަށާއި، ދާދި ފަހުން ކޯޓުންވެސް ބުނެފައިވަނީ އެހެން ކަމަށެވެ. އޭނާ ބުނީ ލޮކާ ރޫމަކީ ޓީމަށް ވަރަށް މުހިންމު ތަނެއް ކަމަށާއި، އެ ތަނުގައި ކެމެރާ ހަރުކޮށްފައި ހުރުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫންކަމަށެވެ.

ސްޕެނިޝް ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. ދެ ވަނަ މެޗުގައި އަލްމޭރިއާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 22:30ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު