Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެރިދޫ ބަނދަރު ތަރައްޤީކުރުން

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީން ބުނީ 15 އޯގަސްޓް ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޯގަސްޓު 2023 | ބުރާސްފަތި 02:06
އއ ފެރިދޫ ބަނދަރު

އއ ފެރިދޫ ބަނދަރު

އއ. ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

ފެރިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ 15 އޯގަސްޓްގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 23,579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި 7,848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 4,268 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 403 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހަދާނެއެވެ.

އަދި 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 80 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 2,481 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރާނެއެވެ.

މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިއީ 1 އަހަރުތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

16 އޯގަސްޓު 2017
ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި
09 އޯގަސްޓު 2017

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

09 އޯގަސްޓު 2017
އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
04 ޖޫން 2017

ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!

04 ޖޫން 2017
ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!
03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު