Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާޅޮހުގެ ތަރައްގީ

ރިޔާސީ އިންތިހާބުގެ ލިސްޓަށް ބައެއް ކަންކަން އިތުރުކޮށްދެއްވާ ރައީސް ވިދާޅުވީ މާޅޮހުގައި ހުރިހާކަމެއްވެސް ވާނެ ކަމަށް. އެކަމަކު އަމަލީ މަސައްކަތް ފެށި އެއްވެސް ޕްރޮޖެކްޓެއް އަދިއެއް ނެތް!

މާޅޮހަށް ކޮށްދޭން ވެފައިވާ ހުރިހާ ކަމެއްވެސް ވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2025 | ބުރާސްފަތި 08:43
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. މާޅޮހު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. މާޅޮހު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ސަރުކާރަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް ތަރައްގީގެ މަސައްކަތެއް ފަށާފައި ނުވާއިރު ބ. މާޅޮހަށް ކޮށްދެއްވަން ވެވަޑައިގެންނެވި ހުރިހާ ކަމެއްވެސް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން ގާތު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. މާޅޮހަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މާޅޮހަށް ވަޑައިގެން ދަތިވެފައިވާ އަދި މުހިންމު ވަރަށް ގިނަ ކަންކަމުގައި، އެ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެ ވަޢުދުތައް ފުއްދައިދިނުމުގައި ވަރަށް ތެދުވެރިކަމާއި، އަމާންނާތްތެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، މަސައްކަތްތައް ކުރަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރުވެސް އެގޮތަށް ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އެގޮތަށް ދާނެ ކަމަށާއި، ބަނދަރުގެ މަޝްރޫޢަކީ، އެގޮތުން އެންމެ އިސްކަމެއް ދީގެން، ބޮޑު މައްސަލައެއްގެ ގޮތުގައި ޙައްލުކުރާނެ ކަމަށް ދެންނެވި އެއް މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާޅޮހު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މާޗް 1 2023 ގައެވެ. އަދި އެއިރު އެމްޓީސީސީއިން ބުނެފައި އޮތީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވި އިރު މަސައްކަތް ފެށިފައި އޮތްނަމަވެސް މި ސަރުކާރަށް ދެ އަހަރު ވާއިރުވެސް ބަނދަރުގެ މަސައްކަތް ނުނިމެއެވެ.

މިކަން މިހާރު އެބަ ކުރިއަށް ގެންދެވޭ. މިހާރު މި ދާ ސްޕީޑު އިރާދަކުރެއްވިއްޔާ އަދި އިތުރަށް ބާރުކުރެވޭނެ. ބޮޑުހިލަ ހޯދުމުގެ މަރުޙަލާގައި، ވަރަށް ގިނަ ކަންތައްތައް އެބަހުރި. ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. މި ރަށުގައި އާއި އަދި ބައެއް ވަރަށް ގިނަ އެހެން ރަށްތަކުގައި. ސަރުކާރުން މިހާރު ބަނދަރާއި، ބޭރު، ތޮށްޓާއި، އެއް ގަމުތޮށި، ދެން މިހެންގޮސް ބޮޑުހިލަ ޖަހަންޖެހޭ، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމާ ގުޅޭ، ބޮޑުހިލައާ ގުޅިފައި ހުރި ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް، ވަރަށް މުހިންމު، ވަރަށް ގިނަ ކަންތައްތަކެއް. ފައިސާއާ ގުޅިފައި ހުރި ކަމެއްވީމަ، މިހާރު އެކަމަށް ގިނަ ވަގުތު ނަގާ، މިހާރު އެކަމުގައި ކުރިއަށް ދެވޭނެ މަގުތަކެކޭ ހަމަޖައްސާފައި އޮތް އޮންނާނީ. އެކަން ވަރަށް ފަހުން އަޅުގަނޑުމެންނަށް ވަނީ ހަމަޖެއްސިފައި. އެހެންވީމާ، މި ރަށުގެ މަޝްރޫޢުވެސް ދާދީ އަވަހަށް ސްޕީޑް ގެއިން ކުރާނެ، އަވަސްވާނެ. އެ މަޝްރޫޢު، ބަނދަރުގެ މަޝްރޫޢު މި ދެންނެވި ގޮތަށް ހިނގަމުންދާނެ، ބާރު ސްޕީޑުގައި.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވާހަކަފުޅުގައި ރައްޔިތުންނަށް ދެއްވި މެސެޖަކީ ބޮޑު ހިލަ ނުލިބޭތީ ތަރައްގީގެ އެހެން މަސައްކަތެއް ނުފެށޭ ކަމަށެވެ. ހުރިހާކަމެއްވެސް ގުޅިފައިވަނީ އެކަމާއި ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހާކަފުޅު ދެއްކެވިއެވެ. ރައީސް ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ބޮޑުހިލައާ ގުޅިފައިވާ ކަމަށެވެ. އެހެންކަމުން ބަނދަރުގެ މަޝްރޫޢު ނިމެންވާއިރަށް، އެ މަޝްރޫޢު ފެށުމަށްޓަކައި ތައްޔާރު ވަމުންދާ ކަމަށާއި، ބަނދަރާ ގުޅިގެން، ބަނދަރުގެ މަސައްކަތް ހިނގާއިރުގައި، އިތުރުކުރެވޭ ޖާގައަށް، އިންޖީނުގެ ރީލޮކޭޓް ކޮށް، އެ ބަދަލުކުރުމަކީ ނިންމާފައި އޮތް ކަމެއް ކަމަށެވެ.

އެހެންވީމާ، މިހިރީ ގުޅިލާމެހިފައި ހުރި ކަންކަން މި މަސައްކަތްތައް މިގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން ނިންމާފައި މިއޮތީ. ދެން އިންޖީނުގެ ރީލޮކޭޓް ކުރުމާއި، މި ހުރިހާ ކަމަކާ ގުޅިފައި މިހިރީ. މި ރަށުގެ ފުޓްސަލް ދަނޑުގެ ސައިޒު ވެސް ތަންކޮޅެއް ކުޑަ. ބޮޑުކުރެވެން އޮތީވެސް މި ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތީމަ، އެކުއެކީގައި ހިނގާކަށް. އެހެންވީމާ، ބޮޑު ފުޓްބޯޅަ ދަނޑު އެއީ، އަޅުގަނޑު ވަޢުދުވީ ކަމެއް. ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު އެއޮތީ ފަށާފައި. އަޅުގަނޑުމެން މަޝްރޫޢު ނިންމާނީ، މިހާރު ފެށިފައި އޮތް މަސައްކަތް ނިންމާއިރުގައި ނިމޭނީ، ހުރިހާ ކަމެއް، އޭގެ ފުރިހަމަ ވާގޮތަށް. އެއީ، ވަށާފައި ފެންސް ޖެހި، ލައިޓް ޖެހި، އަދި ހުރިހާ މި ދެންނެވި ފުލް ސްކޯޕާ އެކީގައި.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ އިންތިހާބުގައިވެސް ވައުދުވެވަޑައިގެންނެވި ލިސްޓް ތަކުރާރުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރުގެ ދާއިރާގެ ތެރެއިން އިތުރު ކަންކަންވެސް ކުރަން ކަނޑައަޅާފައިވާ ކަމަށާއި، އެ މަސައްކަތްވެސް މި އަހަރު ފެށޭނެ ކަމަށެވެ. އަދި އޭގެއިތުރަށް، އައުޓްޑޯ ޖިމެއްގެ މަސައްކަތާއި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ސީރިއަސްކަމާއެކު ކުރަން ނިންމާފައިވާ ކަންކަން ކަމަށާއި، އޭޓީއެމްގެ ހިދުމަތް ފެށިފައިވާއިރު އޭގެ ފަސޭހަވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. ހަމަ އެގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އަހަރު ނިމެންވާއިރަށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ މަޝްރޫޢުތައް މި އަހަރު ކުރިއަށްދާނެ ކަމަށެވެ. އަދި މާޅޮހުގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައި، ވަރަށް އިސްކަމެއް ދީގެން، ވެވަޑައިގެންނެވި ވަޢުދުތަކާއި، އަދި އިތުރަށްވެސް ހުރި ކަންކަން ކޮށްދިނުމުގައި، ސަރުކާރުން ތިބޭނީ މާޅޮހުގެ ރައްޔިތުންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު