Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްދޫ ބަނދަރު

ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި

21 އޯގަސްޓު 2025 | ބުރާސްފަތި 01:26

ރައީސް މުއިއްޒުގެ ރަސްދޫ ދަތުރުފުޅާ ދިމާކޮށް ރަށަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފައިވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 21 އޯގަސްޓު 2025 | ބުރާސްފަތި 01:26
ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އއ. ރަސްދޫއަށް ގެންދިޔަ ހައިމާކު

ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އއ. ރަސްދޫއަށް ގެންދިޔަ ހައިމާކު

އަރި އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އއ. ރަސްދޫ އަށް ވަޑައިގަތުމުގެ 2 ގަޑީރެއްހާއިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި އެވެ. ރަސްދޫއިން މިކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދިން ފަރާތަކުން ބުނީ މިއީ އެތައް ދުވަހެއް ވަންދެން ހުއްޓާލާފަ އޮތް ރަސްދޫ ބަނދަރުގެ މަސައްކަތަށް ގެނައި ތަކެތި ކަމުގައެވެ.

ރަސްދޫއިން މައުލޫމާތު ދިން ފަރާތުން ބުނީ، ސަރުކާރުން މިގޮތައް އަމަލު ކުރީ، ކުރީ ސަރުކާރުން ރަސްދޫގައި ފަށާފައިވާ މަޝްރޫއުތަކެއް ހުއްޓިފައިވާތީ، ސަރުކާރަށް އެރަށުގައި އޮންނަ ތާއީދު ވަަރަށް ބޮޑަށް ކުޑަވެފައި ވުމުން ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ދާނެ ބަޔަކު ނުވެދާނެ ކަމުގެ ބިރު ހީވެގެން ކަމަށެވެ. ރަސްދޫ ޕީއެންސީގެ ބައެއް ފަރާތްތަކުން ވެސް ބުނަމުންދިޔައީ ދަތުރުފުޅުގެ ކުރިން ބަނދަރުގެ މަސައްކަތައް ބޭނުންވާ ސާމާނު ރަށަށް ނާރުވައިފި ނަމަ ރައީސް މުއިއްޒު އަށް މަރުހަބާ ދެންނެވުމަށް ނުދާނެ ކަމުގައެވެ.

ރަސްދޫ އަށް ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ހިލަ ގެނެސްފައިވަނީ ފ. ނިލަންދޫއިން ކަމަށް ވެސް ރަސްދޫއިން މައުލޫމާތު ދެއްވި ފަރާތުން ބުނެފައިވެއެވެ. ނަމަވެސް ގެނެސްފައިވާ 1000 ޓަނުގެ ހިލަ އަކީ މި މަޝްރޫއުއާ ބަލަފާ ވަރަށް ކުޑަ މިންވަރެއް ކަމަށްވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ. އަދި ހިލައިގެ ކޮލިޓީއަށް ބަލާ އިރު މިއީ މި ފަދަ މަޝްރޫއު އަކަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ހިލަ ނޫން ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ. އަދި ރަސްދޫ އަށް ގެންގޮސްފައިވާ ހައިމާކަކީ ރަސްދޫއަށް ރައީސް ވަޑައިގަތުމުގެ އެއްދުވަސް ކުރިން އއ. މަތިވެރީގެ މަސައްކަތެއް ފަށަން އެރަށަށް ގެންދިޔަ ހައިމާކު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރަސްދޫ ބަނދަރުގެ މައްސަލަ އަކީ، އެކި ފަހަރު މަތިން މަރާާތުކޮށްގެން ވެސް ހައްލު ނުވެފައިވާ ގިނަ ޒަމާންތަކެއް ވެފައިވާ މައްސަލަ އެކެވެ. 2012 ވަނަ އަހަރު ހަދާފައިވާ މި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ފަށާފައެވެ. ނަމަވެސް ވެރިކަން ބަދަލުވިފަހުން މި މަޝްރޫއު ހުއްޓި، މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެރަށަށް ގެންގޮސްފައިވާ ތަކެތިވެސް ވަނީ އެހެން ރަށްރަށަށް ގެންގޮސްފަ އެވެ.

ދައުލަތުގެ ބަޖެޓުން 86.8 މިލިޔަން ރުފިޔާ ހަރަދުކުރާ ގޮތައް، ރަސްދޫގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1,656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 244 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެމްޓީސީސީ އާ ހަވާލު ކޮށްފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަން ބަދަލުވުމުން މި މަޝްރޫއު ހިމެނޭހެން ރަސްދޫގެ ތަރައްގީއަށް ފަށާފައިވާ ގިނަ މަޝްރޫއު ތަކެއް ވަނީ ހުއްޓިފައެވެ.

ރައީސް މުއިއްޒުއއ. ރަސްދޫރަސްދޫ ބަނދަރުއެމްޓީސީސީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުބަނދަރު މަޝްރޫޢު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް