Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

އެންމެ ފަހުން މެގުއާ ނިންމީ ވެސްޓް ހޭމަށް ބަދަލުނުވާން

އެ ކުލަބާއެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިފައި ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2023 | ބުދަ 03:52
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ، ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލު ނުވާން ނިންމައިފި އެވެ.

މެގުއާ ހޯދުމަށް ވެސްޓް ހޭމުން ކުރި މަސައްކަތުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެކުލަބާއެކު އެއްބަސްވުމަކަށް ވެސް އާދެވިފަ އެވެ. އެއީ މެގުއާ ހޯދުމަށް ދެ ފަހަރެއްގެ މަތިން ބިޑު ކުރުމަށްފަހު އެވެ، މެގުއާ ހޯދުމަށް ވެސްޓް ހޭމުން އެންމެ ފުރަތަމަ ކުރި ބިޑު ޔުނައިޓެޑުން ވަނީ ރިޖެކްޓުކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެސްޓް ހޭމުން ފޮނުވި 30 މިލިއަން ޕައުންޑުގެ ބިޑަށް ޔުނައިޓެޑުން އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ. އޭގެ ފަހުން ވެސްޓް ހޭމުން ވަނީ މެގުއާ އާއެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. މެގުއާ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަދަވީ އައު ސީޒަނާއެކު، އޭނާ އަތުން ކެޕްޓަން ބޭންޑު އަތުލުމަށް ކޯޗު އެރިކް ޓެން ހާގް ނިންމުމާއެކު އެވެ. މެގުއާގެ ބަދަލުގައި ޓެން ހާގް ކެޕްޓަންކަން ދިނީ ބްރޫނޫ ފެނާންޑޭސް އަށެވެ.

މެގުއާގެ ވަރަށް އަރިސް ފަރާތަކާ ހަވާލާދީ އިނގިރޭސި މީޑިއާ ތަކުގައި ބުނެފަައިވާ ގޮތުން، ވެސްޓް ހޭމަށް ބަދަލުވާން މެގުއާ ބޭނުމެއް ނުވެ އެވެ. ވެސްޓް ހޭމުން މެގުއާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅުމުން މެގުއާ އެކަމަށް އިހުތިރާމް ކުރާ ކަމަށާއި، ނަމަވެސް އެ ކުލަބާއެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޔުނައިޓެޑަކީ މެގުއާ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި، އޭނާ ބޭނުންވަނީ އެ ކުލަބުގައި މަޑު ކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން މެގުއާ ހުރީ ޔުނައިޓެޑުގައި އޭނާ އަށް އަދިވެސް އެންމެ ރަނގަޅު ވަގުތުގައި ފުރުސަތު ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގަ އެވެ.

ލެއިސްޓަރ ސިޓީ ދޫކޮށް އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެފަހަރު ޔުނައިޓެޑުން އޭނާގެ ސޮއި ހޯދީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ. ޔުނައިޓެޑާއެކު އޭރު މެގުއާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ އޭނާ ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވީއިރު، މެގުއާގެ ފަރާތުން މިހާތަނަށް ޔުނައިޓެޑުގައި ފެނުނީ ވެސް ދަށް ކުޅުމެކެވެ.

ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 175 މެޗުގައި މެގުއާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވި ފަހުން މެގުއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދެނީ މަދު މެޗުތަކެއްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ވެސްޓްހަމްއާ އެކު މެޑިކަލް ހެދުމަށް ހާޓް ތައްޔާރުވެއްޖެ

ވެސްޓްހަމްއާ އެކު މެޑިކަލް ހެދުމަށް ހާޓް ތައްޔާރުވެއްޖެ

17 ޖުލައި 2017
ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

16 ޖޫން 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު