Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2023

ވޯޓު ނީލަން ކިޔުން، ވިހަ ސަމާސާއެއް!

ރިޝްވަތު ދޭން ނުވަތަ ހިފަން އުޅުމަކީވެސް ކުށެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 އޯގަސްޓު 2023 | އާދީއްތަ 12:19
ކޮރަޕްޝަނުގެ އަމަލެއް ހިންގުމަކީ މަނާކަމެއް

ކޮރަޕްޝަނުގެ އަމަލެއް ހިންގުމަކީ މަނާކަމެއް

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ، ނަންތައް ތަރުތީބުކުރީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި ނަންތައް އިއުލާނު ކުރުމާއެކު ސޯޝަލް މީޑިއާގައި އާއްމުވާންފެށީ ވަރަށް ވިޔާނުދާ ޓްރެންޑެކެވެ. ބައެއް ފަރާތްތަކުން އެކަން ކުރަނީ މަޖަލެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކޮންމެ ކަމަކީ މަޖަލަކަށް ހެދޭނެ ވަރުގެ ކަންކަމެއް ނޫނެވެ. ޚާއްސަކޮށް، ގައުމުގެ ކުރިމަގު ނިންމާނެ އިންތިޚާބެއްގައި ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް އިޝްތިހާރުކުރުމަކީ މަޖަލަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރަމުން އައި ޕޯސްޓުތަކުގައި ކޮންމެ ކެންޑިޑޭޓަކުވެސް ވޯޓު ބޭނުންވާނަމަ އެ މީހަކަށް ދޭންޖެހޭ ފައިސާގެ އަދަދު ޖަހާފައި ހުރެއެވެ. މިއީ މަޖަލެއްގެ ގޮތުގައި ދެކިގެން ބައެއް ފަރާތްތަކުން އާއްމުކުރާ ޕޯސްޓުތަކެކެވެ. ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މި ޕޯސްޓުތައް ހިއްސާކޮށްފައިވާ އަދަދު ގިނައެވެ. އެކަން ކުރަމުންދަނީ އެއީ ކިހާވަރެއްގެ ކަމެއްކަން ނޭނގިތިބެއެވެ. އޭގެ ސަބަބުން ތިމާ ކުށްވެރިވެދާނެކަން ވެސް ނޭނގިތިބެއެވެ.

މަޖަލަކަށް ނަމަވެސް މި ދެވެނީ ތިމާގެ ވޯޓު ގަތުމަށް އެހެން މީހަކަށް ދައުވަތެވެ. މި ކުރެވެނީ ނީލަމުގައި ވޯޓު ވިއްކާލަން އިޝްތިހާރެވެ. މިއީވެސް ކޮރަޕްޝަނަށް ހުޅުވާލެވޭ މަގެކެވެ. މި އެދެވެނީ ރިޝްވަތަށެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ރިޝްވަތު ދޭން ނުވަތަ ހިފަން އުޅުމަކީވެސް ކުށެކެވެ. އަދި އެފަދަ ކުށެއް ކުރަން އުޅުނު މީހަކު އެ ކުށެއް ކުރި މީހަކާ އެއްފަދައިން ކުށްވެރިވާނެއެވެ. އެ މީހެއްގެ މައްޗަށްވެސް ކަނޑައަޅާނީ އެ ކުށް ކުރި މީހާގެ މައްޗަށް ކަނޑައެޅުމަށް ގާނޫނުގައި ބުނާ އަދަބެކެވެ. އެހެންކަމުން، މަޖަލަކަށް ޕޯސްޓުކުރާ އަގު ލިސްޓު ވިހަވެ، ތިމާ ކުށްވެރިއަކަށް ބަދަލުވެދާނެއެވެ.

މި އަގު ލިސްޓުތައް އެއްބަޔަކު މަޖަލަކަށް ހިއްސާކުރި ނަމަވެސް އަނެއް ބަޔަކު ހާމަކަން ބޮޑު ގޮތެއްގައި ވޯޓު ވިއްކާލާނެ ކަމަށް ބުނެއެވެ. މިއީ ގައުމަށްވެސް އަދި ތިމާގެ މުސްތަގުބަލަށްވެސް ލިބިދާނެ ގެއްލުމެއް ކަމުގައި ދެކެން ވާނެއެވެ. ކޮރަޕްޝަނުގެ އަމަލުތައް ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީވެސް އެފަދަ އަމަލުގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީއެވެ.

ގައުމުގެ ހުންގާނާ ހަވާލުވާނެ ފަރާތެއް އައްޔަންކުރާއިރު، ބަލަންވީ ތިމާއަށް އިންތިޚާބުގައި އެންމެ ގިނައިން ފައިސާ ދޭނެ މީހާއަކަށް ނޫނެވެ. ބަލަން ޖެހޭނީ އެ މީހެއްގެ ތައުލީމީ ގާބިލްކަމާއި އެ މީހެއްގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަކީ ކޮބައިތޯއާއި ކުރިން ކޮށްދިން ޚިދުމަތްތަކަަށެވެ. އަދި މުސްތަގްބަލަށްޓަކައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހުށަހަޅާ ކަންކަން ބެލުމާއި، އެ ކަންކަމަކީ ތަންފީޒުކުރެވޭނެ ކަންކަންތޯ ބެލުމަކީވެސް ވޯޓުލާއިރު މުހިންމު ކަންކަމެވެ.

ކޮންމެ މީހަކު ވެސް ވޯޓުލާންވީ އެ މީހެއްގެ ވޯޓުގެ އަސަރު ގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެކަން އެނގިތިބެއެވެ.

2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ
31 ޑިސެމްބަރު 2023

ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"

31 ޑިސެމްބަރު 2023
ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު