Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލްގެ ތައްޔާރީތަކާމެދު އާޓެޓާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ

ޓްރާންސްފާ މާކެޓުގައި އުންމީދު ނުކުރާ ކިތަންމެ ކަމެއް މިހާތަނަށް ވެއްޖެ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ވާނެ ގޮތެއް ނޭނގޭ ކަމަށް އާޓެޓާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2023 | ހޮނިހިރު 07:47
އާސެނަލްގެ ކޯޗު މިކޭލް އަޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އަޓެޓާ

އައު ސީޒަނަށް އާސެނަލްގެ ތައްޔާރީތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގައި އާސެނަލްގެ ފުރަތަމަ މެޗުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މިއީ އާސެނަލަށް އޮތް އައު ފުރުސަތެއް ކަމަށާއި، އަނެއްކޮޅުން މިއީ އައު ޗެލެންޖަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން އޮތުމަކީ ލީގުގައި ރަނގަޅު ފެށުމެއް ހޯދުމަށް ފަސޭހަވާނެ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އައު ސީޒަނަށް ޓީމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އޭނާ ބުނީ މިވަގުތަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޓްރާންސްފާ މާކެޓުގައި އުންމީދު ނުކުރާ ކިތަންމެ ކަމެއް މިހާތަނަށް ވެއްޖެ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ވާނެ ގޮތެއް ނޭނގޭ ކަމަށް އާޓެޓާ ބުންޏެވެ.

އިދިކޮޅަށް ކުޅެން ޖެހޭ ނޮޓިންހަމް ފޮރެސްޓާ ގުޅޭ ގޮތުން އާޓެޓާ ބުނީ، އެއީ ވަރަށް ރޭވުންތެރިކަމާއެކު ކުޅެމުން އަންނަ ޓީމެއް ކަމަށެވެ. ޚާއްސަކޮށް މިދިޔަ ސީޒަނުގައި ވެސް އެ ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި، އެހެންކަމުން އެއީ އާސެނަލުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެ އެވެ. އޭނާ ބުނީ އާސެނަލްގެ އެންމެހައި ކުޅުންތެރިން ވެސް ތިބީ އަލުން ލީގު ފަށާތީ ވަރަށް އުފާވެފައި ކަމަށާއި، ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ފެންނަނީ ވެސް މޮޅުވުމުގެ ރޫހު ކަމަށެވެ. އޭނާ ބުނީ އާސެނަލުން ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ވެސް ހުރި ކަމަށާއި، މާޒީގެ ކަންކަމުގެ ފިލާވަޅު ލިބިގަނެގެން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

ޕްރިމިއާ ލީގަށް އަލުން ކުރިމަތިލާއިރު، ވާދަވެރި މެންޗެސްޓަރ ސިޓީ ބަލިކޮށް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރެވުނު ނަމަވެސް، ކުޅުންތެރިންގެ އުންމީދުތައް މަތި ނުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އާޓެޓާ ބުނީ އަބަދު ވެސް މަސައްކަތް ކުރަންވީ މިއަދަށްވުރެ މާދަމާގެ ނަތީޖާ އާއި ކުޅުން ރަނގަޅު ކުރުމަށް ކަމަށެވެ. އެހެންކަމުން އާސެނަލުން ލީގު ފަށާނީ އެގޮތުގައި އަޒުމު ކަނޑައަޅައިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި އާސެނަލްގެ ފަރާތުން ފެނިފައި ވަނީ މޮޅު ކުޅުމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ލީގު ތާވަލްގެ އެއް ވަނައިގައި އެ ޓީމު ހިފާއްޓާލިއިރު، ލީގު ގެއްލުނީ ފަހު ވަގުތު ހެދުނު ގޯސްތަކުގެ ސަބަބުންނެވެ. އެކަން އާސެނަލްގެ ކުޅުންތެރިން އަދި އާޓެޓާ ވެސް ޤަބޫލުކުރެ އެވެ.

ޕްރިމިއަރ ލީގުއާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު