Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޯ ރާމޯސް ޕީއެސްޖީ އަށް ސޮއި ކޮށްފި

8 އޯގަސްޓު 2023 | އަންގާރަ 04:52

އެއް އަހަރު ދުވަހަށް އެކުލަވާލި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޕީއެސްޖީ އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމުގެ ފުރުސަތު އޮވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2023 | އަންގާރަ 04:52
ޕީއެސްޖީ އަށް ސޮއި ކުރި ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް

ޕީއެސްޖީ އަށް ސޮއި ކުރި ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް

ބެންފީކާ އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ސޮއި ކޮށްފި އެވެ.

ދާއިމީ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީން ހޯދަން މަސައްކަތް ކުރި ރާމޯސް އެ ކުލަބަށް ސޮއި ކުރީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ޕީއެސްޖީގެ ފައިނޭންޝަލް ފެއާ ޕްލޭގެ މައްސަލައާ ހެދި އެވެ. އެއް އަހަރު ދުވަހަށް އެކުލަވާލި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޕީއެސްޖީ އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމުގެ ފުރުސަތު އޮވެ އެވެ. އޭނާ ހޯދުމަށް ޕީއެސްޖީން ވަނީ ޖުމުލަ 80 މިލިއަން ޕައުންޑު ޚަރަދުކޮށްފަ އެވެ. ޕީއެސްޖީގައި ރާމޯސް ބޭނުން ކުރާނީ ނުވަ ނަންބަރު ޖާޒީ އެވެ.

ޕީއެސްޖީ އަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ރާމޯސް ބުނީ، އެ ކުލަބަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށެވެ. އެހެންކަމުން ޕީއެސްޖީގައި ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރާމޯސް ބުނީ މިހާ ހިސާބަށް އޭނާ އަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތާއި، އެހީތެރިކަމާއެކު ކަމަށެވެ. އެހެންކަމުން އެ އެންމެނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ބުންޏެވެ.

ރާމޯސް ޕީއެސްޖީ އަށް ސޮއި ކުރުމާ ގުޅިގެން އެ ކުލަބުގެ ރައީސް ނާސިރު އެލް ޚެއްލާފީ ވިދާޅުވީ، ރާމޯސް އަކީ ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައިވާ، ހުނަރުވެރި ޒުވާން ކުޅުންތެރިޔެއް ކަމަށެވެ. ރާމޯސް އަކީ ޓީމަށް ކަންކަން ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ޕީއެސްޖީން ބޭނުންވާ ކަހަލަ ކުޅުންތެރިޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާމޯސް އޭނާގެ ސީނިއާ ކެރިއަރު ފެށީވެސް ބެންފީކާއިންނެވެ. އެ ކުލަބަށް ކުޅެދިން 143 މެޗުގައި އޭނާ ވަނީ 57 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އެއް ތަށި ކާމިޔާބުކޮށްފަ އެވެ. ރާމޯސްއަށް ޕޯޗުގަލްގެ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. އެއީ ރަފާ ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލްއިން އެކުލަވާލި ސްކޮޑުގައި ރާމޯސް ވަނީ ހިމަނާފައެވެ. ފަހަކަށްއައިސް އޭނާ ވިދާލީވެސް އެ މުބާރާތުންނެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލްއިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރާމޯސްއަށް ފުރަތަމަ 11 އިން ޖާގަ ދީފަ އެވެ. އެ މެޗުގައި ރާމޯސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފަ އެވެ.

ޕީއެސްޖީބެންފީކާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
29 ޖޫން 2025

ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް

29 ޖޫން 2025
ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް