Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ކުލަބު ވޯލްޑް ކަޕް 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

މެޗުން މޮޅުވެ ބެންފީކާ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ މި ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޖޫން 2025 | ބުދަ 06:04
ބަޔާން އަދި ބެންފީކާ ބައްދަލު ކުރި މެޗުގެ ތެރެއިން

ބަޔާން އަދި ބެންފީކާ ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް ސީގެ ފަހު މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން ބެންފީކާ މޮޅުވެއްޖެ އެވެ.

މުބާރާތުގައި ބަޔާންގެ ފުރަތަމަ މެޗުގައި އޯކްލޭންޑް ސިޓީ އަތުން މޮޅުވެފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ ބޮކާ ޖޫނިއާސްގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ބެންފީކާގެ ފުރަތަމަ މެޗުގައި ބޮކާ ޖޫނިއާސްއާ އެއްވަރުވީއިރު، ދެ ވަނަ މެޗުގައި ވަނީ އޯކްލޭންޑް ސިޓީ އަތުން މޮޅުވެފަ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗު ބެންފީކާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބެންފީކާ އިން ލަނޑު ޖެހީ ވެސް، މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ވެސް ބެންފީކާ އިން ވަނީ ބަޔާން ކޮޅަށް ލަނޑު ޖަަަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ބަޔާންގެ ގޯލު ކީޕަރު މެނުއަލް ނޯޔާގެ އަތުގައި ޖެހިފަ އެވެ.

އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ބެންފީކާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ބަޔާންގެ އޭރިޔާ ބޭރުން ބެންފީކާގެ ޖިއާންލުކާ ޕްރެސްޓިއާނީ ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލީ އެންޑްރިއަސް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ބަޔާންގެ ލެރޯއީ ސާނެ ފޮނުވާލި ބޯޅަ ހުއްޓުވީ ބެންފީކާގެ ގޯލު ކީޕަރެވެ. އޭގެ ފަހުން ބެންފީކާގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި ބަޔާންގެ ތޯމަސް މުލާ ފޮނުވާލި ބޯޅަ ވެސް ބެންފީކާގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުން މޮޅުވެ ބެންފީކާ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ މި ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ އެ ޓީމު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ބެންފީކާ އަތުން ބަލިވި ނަމަވެސް، ދެ ވަނައިގައި ބަޔާން އަށް ވަނީ ގަދަ 16 ވަނަ ބުރުން ޖާގަ ލިބިފަ އެވެ.

ބެންފީކާފީފާ ކްލަބް ވޯލްޑް ކަޕް 2025ބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު