Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީން ގޮންޒާލޯ ރާމޯސް ހޯދާނީ ލޯނު އެއްބަސްވުމެއްގެ ދަށުން

ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ގަތުމުގެ ބައި ވެސް ވަނީ އެއްބަަސްވުމުގައި ހިމަނައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2023 | ހޯމަ 07:07
ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗިގަލްގެ ގޮންޒާލޯ ރާމޯސް

ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗިގަލްގެ ގޮންޒާލޯ ރާމޯސް

ލޯނު އެއްބަސްވުމެއްގެ ދަށުން ބެންފީކާއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ނިންމައިފި އެވެ.

ރާމޯސް ހޯދުމަށް އެންމެ ފުރަތަމަ ޕީއެސްޖީން މަސައްކަތް ކޮށްފައި ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް ފައިނޭންޝަލް ފެއާ ޕްލޭގެ ދަށުން އެކަމަށް ޕީއެސްޖީ އަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެހެންވެ މިހާރު ޕީއެސްޖީން ނިންމާފައި ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ރާމޯސް ހޯދުމަށް ނިންމައިފަ އެވެ. އެއް އަހަރު ދުވަހަށް އެކުލަވާލާ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ގަތުމުގެ ބައި ވެސް ވަނީ އެއްބަަސްވުމުގައި ހިމަނައިފަ އެވެ. އެހެންކަމުން ޕީއެސްޖީން އޭނާ އާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލާނެ އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް ޕީއެސްޖީން 80 މިލިއަން ޕައުންޑު ހޭދަ ކުރާނެ އެވެ. ޕީއެސްޖީ އަށް ބަދަލުވުމަށް ރާމޯސް ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުން އޮންނާނީ އަންނަ ހަފްތާގަ އެވެ.

ރާމޯސް އޭނާގެ ސީނިއާ ކެރިއަރު ފެށީވެސް ބެންފީކާއިންނެވެ. އެ ކުލަބަށް މިހާތަނަށް ކުޅެދިން 143 މެޗުގައި އޭނާ ވަނީ 57 ލަނޑު ޖަހާފައެވެ. އެ ކުލަބާއެކު އޭނާ ވަނީ އެއް ތަށި ކާމިޔާބުކޮށްފައެވެ. ރާމޯސްއަށް ޕޯޗުގަލްގެ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. އެއީ ރަފާ ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލްއިން އެކުލަވާލި ސްކޮޑުގައި ރާމޯސް ވަނީ ހިމަނާފައެވެ. ފަހަކަށްއައިސް އޭނާ ވިދާލީވެސް އެ މުބާރާތުންނެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލްއިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރާމޯސްއަށް ފުރަތަމަ 11އިން ޖާގަ ދީފައެވެ. އެ މެޗުގައި ރާމޯސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފައެވެ.

ޕީއެސްޖީގޮންޒާލޯ ރާމޯސްބެންފީކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު