Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ރައީސް ޞާލިހުގެ ކެންޑިޑެސީ އީސީން ބަލައިގެންފި

އެމްއެންޕީގެ ކެންޑިޑޭޓުގެ ކެންޑިޑެސީވެސް ވަނީ ބަލައިގެންފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 އޯގަސްޓު 2023 | ހޯމަ 00:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެންޑިޑެސީ، އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އާދީއްތަ ދުވަހުގެ ރޭ މިކަން ޓްވިޓަރ މެދުވެރިކޮށް ޔަގީންކޮށްދެއްވާފައެވެ. އެގޮތުން، ރައީސް ޞާލިހް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އެމަނިކުފާނު، ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައިގެންފައިވާ ކަމަށާއި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ރައީސް ސާލިހުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވާފައިވަނީ އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓު މުހައްމަދު ނާޝިޒެވެ. ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ރަނިންމޭޓުގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅުއްވީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ރައީސް ޞާލިހު މިފަހަރު ވެސް ކޯލިޝަނަކާއެކު އިންތިޚާބަށް ނުކުމެވަޑައިގަންނަވާއިރު އެމަނިކުފާނުގެ ރަނިންމޭޓާމެދު ހިތްހަމަޖެހިވަޑައިގަންނާ ކަމަށް ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީއޭއިން ވަނީ ބުނެފައެވެ.

އީސީއަށް އާދީއްތަ ދުވަހު ތިން ބޭފުޅަކު ކެންޑިޑެސީ ފޯމު ހުށަހެޅުއްވިއިރު އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ރައީސް ޞާލިހުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ ވެސް އީސީން ވަނީ ބަލައިގެންފައެވެ.

ރައީސްކަމަށް ވާދަކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ކެންޑިޑަސީ ފޯމާމެދު 48 ގަޑިއިރުގެ ތެރޭގައި އިސީން ގޮތެއް ނިންމާނެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތު ހޯމަ ދުވަހުގެ މެންދުރު 2:00 އަށް ހަމަވާއިރު ނަން ހުށަހެޅުއްވި ކެންޑިޑޭޓުންގެ ނަން ތަރީތީބުކުރުން ބުދަ ދުވަހު އޮންނާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 283،272 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިިބިގެންވެއެވެ.

2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބު 2023އަކީ ރާއްޖޭގެ ދުސްތޫރީ ތާރީޚުގައި ބޭއްވި އެންމެ އަމާން އިންތިޚާބު - އީސީ
31 ޑިސެމްބަރު 2023

ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"

31 ޑިސެމްބަރު 2023
ލޯފަން މީހުންނަށް ވޯޓުލެވުން - "ޓެމްޕްލޭޓު ފޮނުވުމުގެ އުޞޫލުތަކަށް ބަދަލު އަންނަންޖެހޭ"
31 ޑިސެމްބަރު 2023

ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ

31 ޑިސެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ހޭދަކޮށްފައިވަނީ 84.6 މިލިއަން ރުފިޔާ - އީސީ
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
19 ސެޕްޓެމްބަރު 2023

ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް

19 ސެޕްޓެމްބަރު 2023
ޑިމޮކްރެޓްސް އިން ދެ ޕާޓީއަށް ދެ ހުށަހެޅުން، އެއްބަސްވުމަށް ދެ ދުވަހުގެ މުއްދަތެއް
19 ސެޕްޓެމްބަރު 2023

މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން، ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސަމީރު

19 ސެޕްޓެމްބަރު 2023
މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން، ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސަމީރު
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
18 ސެޕްޓެމްބަރު 2023

ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު

18 ސެޕްޓެމްބަރު 2023
ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެއްވެސް ބަޔަކަށް ނުލިބޭނެ، ހަޤީޤަތާއި ޚިލާފު ޚަބަރު ނުފަތުރާ - ހަބީބު
18 ސެޕްޓެމްބަރު 2023

ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2023
ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު