ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 07:49
ބެންފީކާއަށް ކުޅެމުން އަންނަ، ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް
ބެންފީކާއަށް ކުޅެމުން އަންނަ، ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް
ޓްވީޓަރ
ޕީއެސްޖީ
ގޮންޒާލޯ ރާމޯސް ހޯދުމުގައި ޕީއެސްޖީއަށް ދަތިތަކެއް!
 
ލޯނު އެއްބަސްވުމެއްގެ ދަށުން ރާމޯސް ހޯދުމުގެ ވިސްނުން ޕީއެސްޖީން ގެންގުޅޭ

ބެންފީކާއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް ހޯދުމުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ދަތިތަކަކާ ކުރިމަތިވަމުން އަންނަކަމަށް މީޑިއާތަކުން ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ހޯދުމުގެ މަސައްކަތް ފަށައިގެން ޕީއެސްޖީން ވަނީ އޭނާއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެ މަޝްވަރާތަކުގައި ރާމޯސް ވަނީ އެ ކުލަބަށް ބަދަލުވުމަށް ވެސް އެއްބަސްވެފައެވެ. އޭރު މީޑިއާތަކުން ބުނެފައިވާގޮތުން، ރާމޯސް ހޯދުމަށް ޕީއެސްޖީން 80 މިލިއަން ޔޫރޯ ޚަރަދުކުރާނެއެވެ. އަދި އެ ކުލަބުން އޭނާއަށް ހުށަހަޅަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް ރާމޯސް ހޯދުމުގައި މިހާރު ޕީއެސްޖީއަށް ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ވަނީ ބުނެފައެވެ. ސަބަބަކީ ޕީއެސްޖީގެ މާލީ ހާލަތުކަމަށް މީޑިއާތަކުން ބުނެއެވެ. އެހެންކަމުން ލޯނު އެއްބަސްވުމެއްގެ ދަށުން ރާމޯސް ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަަށް ބުނެފައިވެއެވެ. ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ އެއްބަސްްވުމެއްގެ ދަށުން ރާމޯސް ހޯދުމަށްވެސް ޕީއެސްޖީ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީން މިހާރު އަންނަނީ އެކަމުގައި އިތުރު މަޝްވަރާތައް ކޮށް، އަލި މަގެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާމޯސް އޭނާގެ ސީނިއާ ކެރިއަރު ފެށީވެސް ބެންފީކާއިންނެވެ. އެ ކުލަބަށް މިހާތަނަށް ކުޅެދިން 143 މެޗުގައި އޭނާ ވަނީ 57 ލަނޑު ޖަހާފައެވެ. އެ ކުލަބާއެކު އޭނާ ވަނީ އެއް ތަށި ކާމިޔާބުކޮށްފައެވެ. ރާމޯސްއަށް ޕޯޗުގަލްގެ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. އެއީ ރަފާ ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލްއިން އެކުލަވާލި ސްކޮޑުގައި ރާމޯސް ވަނީ ހިމަނާފައެވެ. ފަހަކަށްއައިސް އޭނާ ވިދާލީވެސް އެ މުބާރާތުންނެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލްއިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރާމޯސްއަށް ފުރަތަމަ 11އިން ޖާގަ ދީފައެވެ. އެ މެޗުގައި ރާމޯސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް