Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ

ރައީސް ސާލިހަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ދަހިވެތިވެވަޑައިގެންފައިވާ ވެރިއެއް: ސިޔާމް

ރައީސް ސާލިހުގެ ފަރާތްޕުޅުން ފެނިގެންދަނީ މުޅި ތަފާތު ސިފަފުޅުތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2023 | ބުދަ 18:03
ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަފުޅު ދައްކަވަނީ

ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ދަހިވެތިވެވަޑައިގެންފައިވާ ވެރިއެއް ކަމަށް، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ހދ ހަނިމާދޫގައި ކުރިއަށްގެންދިޔަ އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ސިޔާމް ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރައީސުންގެ އަރިހުގައި މަސައްކަތްކުރައްވާފައި ވާކަމަށާއި، ވަރަށް ގިނަ ރައީސުން އަމަލުފުޅުތައް ވަރަށް ގާތުން ފެނިވަޑައިގެންފައި ވާކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ފަރާތްޕުޅުން ފެނިގެންދަނީ މުޅި ތަފާތު ސިފަފުޅުތަކެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިޔާމް ވިދާޅުވީ މީގެ ކުރީގެ ރައީސުން އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ކޮށްދެވޭނެ ދެކަމެއް ނުވަތަ ތިން ކަމެއް ހުށަހެޅުމަށް އެންގެވިނަމަވެސް، ރައީސް ސާލިހު އެހެން އަމަލުޕުޅު ނުކުރައްވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހުށަހެޅުމުގެ ފުރުސަތު ދެއްވާކަމަށެވެ. އަދި ރައްޔިތުން އެދޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ދަހިވެތިވެވަޑައިގެންފައިވާ ރައީސުންގެ އަމަލުފުޅު ހުންނަ ގޮތް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ހަނިމާދޫއަށް އިޝާރާތްކުރައްވައި ސިޔާމް ވިދާޅުވީ، ހަނިމާދޫގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ ހުރިހާ މަޝްރޫއެއް މިސަރުކާރުން ހިންގާނެ ކަމަށެވެ. ސިޔާމް ވިދާޅުވީ ރައްޔިތުން ވިސްނަންޖެހޭނީ އަމިއްލަ ހާލަތަށް ކަމަށާއި، ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުން ރައްޔިތުން ދުވަން ނުޖެހޭނެ ކަމަށެވެ. އަދި މި ނޫން ގޮތަކަށް ރައްޔިތުން އަމަލުކޮށްފިނަމަ އިތުރު 100 އަހަރު ފަހަތަށް ރާއްޖެ ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމަށް އަލިއަޅުއްވާލައްވައި ސިޔާމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަކީ އިގްތިސާދުގެ މައިބަދަ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގޮސްގެން ނޫނީ މި ބޭނުންވާ މަންޒިލަށް ނުދެވޭނެ ކަމަށެވެ. އެގޮތުން ބޮޑުތިލަދުންމަތީގެ އެއާޕޯޓު ހެދިގެން ގޮސް 1.5 މިލިއަން ޓޫރިސްޓު އަންނަން ފެށުމުން، މިސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ޖީބު ބަރުކުރާ ވަރަށް ފައިސާ ލިބެމުންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. މިހާރު ކ. މާފުށީގައި ލޯކަލް ޓޫރިޒަމް ތަރައްގީވެ، ކުރިއަރާފައިވާއިރު، އެރަށުން އެމަންޒަރު ފެންނަ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތާއެކު ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެ އަމާންކަމާއި އުފާވެރިކަމާއެކު ރާއްޖޭގައި ދިރިއުޅުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. މިސިނާއަތް ކުރިއަށް ގެންދަން ޖެހެނީ ވަރަށް ވިސްނައިގެން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު