Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު އައްބާސް

މިނާވަރު މި ސަރުކާރުން އަތުލީ ހެދިފައިވާ އެއްބަސްވުމާއި ޚިލާފަށް: އައްބާސް

8 މެއި 2025 | ބުރާސްފަތި 08:09

އެމްޑީއޭގެ ލީޑަރު ސިޔާމްގެ ކުންފުންޏަށް ދޫކޮށްފައިވާ ބިން ސަރުކާރުން އަތުލާފައިވަނީ ހެދިފައިވާ އެއްބަސްވުމާ ޚިލާފަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 މެއި 2025 | ބުރާސްފަތި 08:09
ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް: ވިދާޅުވީ މިނާވަރު މި ސަރުކާރުން އަތުލީ ސިޔާސީ ބޭނުމެއްގައި ސިޔާމް އަށް ޖެއްސުމަށް ކަމަށް

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް: ވިދާޅުވީ މިނާވަރު މި ސަރުކާރުން އަތުލީ ސިޔާސީ ބޭނުމެއްގައި ސިޔާމް އަށް ޖެއްސުމަށް ކަމަށް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ، މީދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުޙަންމަދުގެ އިމްޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދޫކޮށްފައިވާ ނ. މިނާވަރު މި ސަރުކާރުން އަތުލާފައިވަނީ ހެދިފައިވާ އެއްބަސްވުމާއި ޚިލާފަށް ކަމަށް އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ މެމްބަރު އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގަ އެވެ.

Advertisement - newsAdvertisement

މެންބަރު ސިޔާމްގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމާ ސަރުކާރުން ސިޓީ ފޮނުވާފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ.

އެގްރިކަލްޗާ މިނިސްޓްރީން އެމްޑީއޭގެ ލީޑަރު ސިޔާމުގެ ކުންފުންޏަށް ފޮނުވި ސިޓީގައި ރަށް ހުސްކުރަން ދީފައިވަނީ 14 ދުވަހުގެ މުއްދަތެކެވެ. ސަބަބަކަށް ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ކުރަމުން ނުދިޔުމެވެ.

އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނާވަރު އަތުލުމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އަދި އެ ރަށް އަތުލާފައި އެވަނީ ސިޔާސީ މަގުސަދެއްގައި ލީޑަރ އަހުމަދު ސިޔާމް އަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމުގައި ވެސް އައްބާސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ބަޔާނުގައި ބުނީ މިނާވަރަކީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި، އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕވޓ ލޓޑ އަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްކަމަށެވެ.

އަދި މީގެ އިތުރުން އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އެ ކުންފުންޏަކީ ސިޔާމް މުޙައްމަދު ބައްލަވައިގަނެފައިވާ ކުންފުންޏެއްކަމަށާއި، އެ ރަށް ސިޔާމްއަށް ލިބިވަޑައިގަތީ އެ ކުންފުނި ބައްލަވައިގަތުމުގެ މުއާމަލާތުގެ ތެރެއިންކަން ވެސް އައްބާސްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ދަންނަވަމެވެ، ނ. މިނާވަރު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން މޮނިޓަރިންގ އަދި އިންސްޕެކްޝަން ދަތުރުތައް އަބަދުވެސް ކުރެވިފައިވާކަން ފާހަގަ ކުރަމެވެ. މިގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅުގައި މޮނިޓަރިންގ އަދި އިންސްޕެކްޝަން ދަތުރެއްކޮށް، ނ.މިނާވަރު އިންސްޕެކްޓް ކޮށްފައިވާ ހިނދު، އެ ދަތުރުގައި މިނިސްޓްރީއަށް ފާހަގަވި އެއްވެސް ކަމެއްގެ ރިޕޯޓެއް ނުވަތަ ލިޔުމެއްގެ ސިފައިގައިވެސް ހިއްސާކޮށްފާ ނުވާކަން ފާހަގަ ކުރަމެވެ.
އައްބާސްގެ ބަޔާން

މިނިސްޓްރީން އެންގި ކަންކަން 30 ދުވަހުގެ ތެރޭ ރަނގަޅުކޮށް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅި ކަމަށާއި އޭގެ ފަހުން މިނިސްޓްރީން މިދިޔަ މަހު އިތުރު ދަތުރެއް ކުރި ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މި ދަތުރުގައި ސިވިލް ސާވިސް މުވައްޒަފުން ގެންދަން އޮތް އޮތުން ބަދަލުކޮށް ތިން ސިޔާސީ މުވައްޒަފުން ފޮނުވިކަން ވެސް އައްބާސް ވަނީ ފާހަގަކުރައްވާފަ އެވެ.

އައްބާސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިނާވަރު އަތުލުމަށް ސަރުކާރުން ކުރި މަސައްކަތުގައި ސަރުކާރުން ގާނޫނާ ހިލާފާށް ކޮށްފައިވާ ކަންކަމެވެ. އެ ގޮތުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާނަމަ ކަނޑައެޅިފައިވާ ހަމައަކީ 20،000ރ. އަށްވުރެ ބޮޑު ނޫން ޖޫރިމަނާއެއް ކުރުން ކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުރުން އެ ރަށް އަނބުރާ ނެގޭނެ އެއްވެސް ގާނޫނީ ހަމައެއް މިނިސްޓްރީއަށް ލިބިގެން ނުވާކަން ފާހަގަ ކޮށް ވިދާޅުވެފައި ވަނީ މީ ކަޑައެޅިގެން ހެދި ބޮޑު ދޮގެއްކަމަށާއި އަދި އެއީ އުސޫލާއި އިންސާފުން ބޭރުން އޮޅުވާލި އޮޅުވާލުމެއްކަމުގައެވެ.

އަދި މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާ ބޭއިންސާފު ފިޔަވަޅެއް ކަމަށާއި ސަރުކާރުގެ މި އަމަލަކީ ހުދުމުހުތާރުކަމާއެކު ހިންގާފައިވާ ބޭއިންސާފުގެ އަމަލެއް ކަމަށް ވެސް ބަޔާން ނިންމާލަމުން ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ ޕާޓީ، އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި މިވަގުތު އޮތީ ޕީއެންސީ އެކަނި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް