Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރު ފައިސާއާބެހޭ ގަވައިދު

500 ޑޮލަރު މާރުކުރާ އުސޫލާއެކު ސިނާއަތް ހަލާކުވާނެ، އެއީ ކުރެވޭނެ ކަމެއް ނޫން: މެންބަރު ސިޔާމް

2 ޑިސެމްބަރު 2024 | ހޯމަ 05:00

އިގްތިސާދީ ކާރިސާއެއް ކުރިމަތިވެގެންދިޔައީ ފައިސާއަށް ހިޔާނަތްތެރިވުމުން

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޑިސެމްބަރު 2024 | ހޯމަ 05:00
ފަށާއިރު ޕްރޮގްރާމްގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު ވާހަކަދައްކަވަނީ

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރާ އުސޫލާއެކު ސިނާއަތް ހަލާކުވެގެންދާނެ ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެެއްޖެއެވެ.

ހޯމަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މެންބަރު ސިޔާމް ވިދާޅުވީ ރިސޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ޓެކްސްއެއް ދައްކަމުންދަނީ ޑޮލަރުން ކަމަށާއި، އެއީ ދައުލަތަށް ވަންނަ ފައިސާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއަކީ ފައިސާ ވަންނަ ގައުމެއްކަން ފާހަގަކުރައްވައި މެންބަރު ސިޔާމް ވިދާޅުވީ މުޅި ރާއްޖެއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ، އިގްތިސާދީ ކާރިސާއެއް ކުރިމަތިވެގެންދިޔައީ ފައިސާއަށް ހިޔާނަތްތެރިވުމުން ކަމަށެވެ.

މީގެ އިތުރުން މެންބަރު ސިޔާމް ވިދާޅުވީ މިފަދަ ބަދަލެއް ގެނައުމުގެ ކުރިން ސިނާއަތް ހިންގާގޮތް ސަރުކާރުން ބަލަންޖެހޭ ކަމަށެވެ. ބޮޑެތި ރިސޯޓުތަކަށް އާއިލާތައް ގެނައުމަށް ކުޑަކުދިންގެ އަތުން އެއްވެސް ވަރަކަށް ރުފިޔާ ނުނަގާ ކަމަށާއި، ނަމަވެސް ކޮންމެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ސަރުކާރުން އެންގުމުން ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނުލިބޭ އެއްޗެއް ނުދެވޭނެ ކަމަށެވެ.

މެންބަރު ސިޔާމް ވިދާޅުވީ މި ގަވާއިދަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި، ގާނޫނު އަސާސީން ވެސް މިކަން މިގޮތަށް ކުރުމަށް މަޖުބޫރުނުކުރެވޭނެ ކަމަށެވެ. މެންބަރު ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ހުޅުވާލެވިފައިވާ އިގްތިސާދެއް ކަމަށާއި، އެ ނޫން ގޮތަކަށް މި އިގްތިސާދު ކުރިއަށް ނުދާނެ ކަމަށެވެ. އަދި އިގްތިސާދާ ކުޅޭއިރު ވަރަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ސިޔާމް ވިދާޅުވީ ރާއްޖޭގައި ހުރި ރިސޯޓުތަކުގެ ތެރެއިން ގާތްގަނޑަށް 80 އިންސައްތަ ރިސޯޓު އޯން ކުރަނީ ބޭރުގެ އިންވެސްޓަރުން ކަމަށާއި، ދިވެހިން ނޫން ކަމަށެވެ. ހަގީގަތުގައި ދިވެހިން އޯން ކުރާ ރިސޯޓުތަކަކަށް އެތަންތަން ހަދަންޖެހޭ ކަމަށާއި، އެ އަމާޒަށް ވާސިލްވެވޭނީ ރާއްޖޭގައި ފައިނޭންސް ހުރެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެވަރަށް ކުރިއަށް ގެންދިއުމަށް ފައިނޭންސް ނުހުންނަ ކަމަށް މެންބަރު ސިޔާމް ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ސިޔާމް ވިދާޅުވީ ރިސޯޓު ހުރިހާ މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުން ކަމަށާއި، ނަމަވެސް ސަރުކާރު މިގަވާއިދަށް އަމަލު ކުރުމަށް މަޖުބޫރުކޮށްފިނަމަ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން މަޖުބާރުވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުން ނިކަމެތިވެ، ދެރަ ލިބިގެންދަނީ ރައްޔިތުންނަށް ކަމަށް މެންބަރު ސިޔާމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް