Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ލުއިފަސޭހަގޮތްތައް ހަމަޖެއްސުން

އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުން: މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ލޯނުގެ ފައިސާ ޖަމާކުރަނީ

މިއީ 6 އިންސައްތަ އިންޓަރެސްޓާއެކު، 6 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، އެއްވެސް ރަހުނަކާނުލައި ދޫކުރާ ލޯނެއް

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2023 | ބުދަ 13:58
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން, ލޯނަށް އެދޭ އުޅަނދުފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ސަޕްލައިކޮށް، ހަރުކޮށްދޭ ކުންފުންޏަށް ލޯނު ފައިސާ ދޫކުރާގޮތަށް އޮތްއޮތުން ބަދަލުކޮށް، ސީދާ މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ލޯނު ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސާފައި ވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، އާރްއެސްޑަބްލިއު ސިސްޓަމް އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް ގެނެސް އުޅަނދުގައި ހަރުކުރުމަށް އެދޭނަމަ، މި ޕްރޮގްރާމްގެ ދަށުން ފައިސާ ހަމަޖެއްސުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާކަމަށެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމަކީ މިނިސްޓްރީން ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ބައިވެރިވެވޭގޮތަށް އާއްމުކޮށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ގިނަ އަދަދަކީ، އުޅަނދަކަށް ފަސް ލައްކަ ރުފިޔާއެވެ. މިފައިސާ އާރްއެސްޑަބްލިއު ސިސްޓަމް ގަނެ ސަޕްލައި ކުރުމަށާއި، އުޅަނދުގައި ހަރުކުރުމަށް ހިނގާ އެންމެހައި ޚަރަދުތަކަށް ބޭނުންކުރެވޭނެއެވެ. މިއީ 6 އިންސައްތަ އިންޓަރެސްޓާއެކު، 6 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، އެއްވެސް ރަހުނަކާނުލައި ދޫކުރާ ލޯނެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ލޯނު ދޫކުރުމުގެ ބޭނުމަކީ، މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްވެރި އުޅަނދުފަހަރަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމާއި މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ ވަސީލްތައް އުޅަނދުގައި ގާއިމްކޮށްދީ، އެގޮތުން ކަނޑުމަތީގައި މަސްވެރިކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސްޑީއެފްސީ)އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، އުޅަނދުފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމަށް ލޯނު ދިނުމަށް ހުޅުވާލީ 20 ނޮވެމްބަރު 2022ގައެވެ. ލޯނަށް އެދޭ، އުޅަނދުފަހަރުގެ ވެރިފަރާތުން ލޯނަށް އެދޭ އެޕްލިކޭޝަނާއެކު ކޯޓޭޝަން އެސްޑީއެފްސީއަށް ހުށަހެޅުމުން ލޯނު ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައިވެއެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި

04 އޯގަސްޓު 2017
ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި
02 ޖުލައި 2017

މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

02 ޖުލައި 2017
މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
13 ޖޫން 2017

އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް

13 ޖޫން 2017
އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް
01 ޖޫން 2017

ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

01 ޖޫން 2017
ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު