Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ.ފީވަކުގެ ތަރައްޤީ

ށ.ފީވަކުން ކުރިން ފެނުނީ މާކަނޑޫދޫގައި ޗަކަ ބިން ހިއްކައިގެން ގެދޮރު އެޅި ފަދަ މަންޒަރުތައް - ރިޒާ

1 އޯގަސްޓު 2023 | އަންގާރަ 07:25

މި ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އެ ދާއިރާގެ ނަރުދަމާގެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2023 | އަންގާރަ 07:25
މެންބަރު ރިޒާ

މެންބަރު ރިޒާ

ށ.ފީވަކުން ކުރިން ފެނުނީ މާކަނޑޫދޫގައި ޗަކަ ބިން ހިއްކައިގެން ގެދޮރު އެޅި އިރު ފެނުނު ފަދަ މަންޒަރުތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ރިޒާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ހެނދުނު ފީވަކުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ރަށުގައި ހުންނަވާ ވާހަކަދައްކަވާއިރު ހަނދާނަށް އަންނަނީ މާކަނޑޫދޫގައި މީހުން ދިރިއުޅުނު އިރުގެ ހަނދާންތައް ކަމަށެވެ. އެއީ ޖަޒުބާތީ ވާހަކަތަކަކަށް ވެސް ވެދާނެ ކަމަށް ފާހަގަކުރައްވާ ރިޒާ ވިދާޅުވީ މާކަނޑޫދޫގައި ގެދޮރު ބިނާ ކުރީ ގޯންޏަށް ވެލި އަޅައިގެން ރަށުގެ ޗަކަ ބިން ހިއްކައިގެން ކަމަށެވެ. ފީވަކަކީ ވެސް ދާދި އެފަދަ ރަށެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފީވަކުގެ ބަނދަރުގެ މަސައްކަތް ނިމުމާއެކު އެ ރަށަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ބަދަލާއެކު އެ ރަށުގައި ގެދޮރު އެޅުމަށް ދިމާވި އުނދަގޫތައް ހައްލުވީ ކަމަށް ވެސް ރިޒާ ވިދާޅުވިއެވެ. ރިޒާ އިތުރަށް ވިދާޅުވި މި ސަރުކާރުން ފީވަކަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްދެއްވަމުން ދަނީ އުނދަނގުލުގައި ކަމަށެވެ.

ފާއިތުވި ދެ ދައުރުގައިވެސް އެ ރަަށަށް އަޅާނުލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ ވެރިކަމުގައި ވެސް އިންތިޚާބުގެ ވޯޓުލާން 7 ދުވަހަށް ވީމަ މަދު ހޮޅިކޮޅުތަކަކާއި، މަދު ވެލިތަކަކާ އެކު ނަރުދަމާ އަޅަން ކަމަށް ބުނެ ދަޅަ ދެއްކި ކަމަށް ރިޒާ ވިދާޅުވިއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އެ ދާއިރާގެ ނަރުދަމާގެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތަށް ވަގުތުތަކެއް ހޭދަވި ނަމަވެސް ފީވަކުގެ ރައްޔިތުންނަށް އެކަންކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް