Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޑެމްބެލޭ ޕީއެސްޖީ އަށް ބަދަލުވެދާނެ ކަމަށް ޤަބޫލެއް ނުކުރަން: ޒަވީ

ޓްރާންސްފާ މާކެޓުގައި ކަންތައް ވަމުން ދާނެ ގޮތެއް އެއްވެސް މީހަކަށް ބުނަން ނޭންގޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2023 | އާދީއްތަ 02:33
ބާސެލޯނާގެ ކޯޗު ޒަވީ އަދި ޑެމްބެލޭ

ބާސެލޯނާގެ ކޯޗު ޒަވީ އަދި ޑެމްބެލޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާން ޑެމްބެލޭ އެ ކުލަބު ދޫކޮށްލާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

އައު ސީޒަނަށް ތައްޔާރުވަމުން އަންނަ ބާސެލޯނާގެ ކޯޗު ޒަވީ މިހެން ބުނީ ޑެމްބެލޭގެ މުސްތަޤުބަލާ ގުޅޭ ގޮތުން އެކި ކަހަލަ ވާހަކަތައް ފެތުރެމުން ދަނިކޮށެވެ. އެގޮތުން އޭނާ ބާސެލޯނާގައި ހުރީ ހިތްހަމަނުޖެހިގެން ކަމަށާއި، ޑެމްބެލޭ ހުރީ ކުލަބު ދޫކޮށްލަން ބޭނުންވެފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޒަވީ ބުނީ ކުރިއަށް އޮތް ތަނުގައި ކަންތައްތައް ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ޓްރާންސްފާ މާކެޓުގައި ކަންތައް ވަމުން ދާނެ ގޮތެއް އެއްވެސް މީހަކަށް ބުނަން ނޭންގޭނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޒަވީ ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި ޑެމްބެލޭ ބާާސެލޯނާގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އޭނާ އަށް ޑެމްބެލޭ ފެންނަނީ ވެސް ވަރަށް ހަމަޖެހިގެން، އުފާވެރިކޮށް ކަމަށާއި ކަމެއް ގޯސްކޮށް ހިނގާނަމަ، ޑެމްބެލޭ އެ ވާހަކަ ހިއްސާކުރާނެ ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އެހެންކަމުން މިވަގުތަށް ބަލާއިރު ޑެމްބެލޭ ޕީއެސްޖީ އަށް ނުވަތަ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޒަވީ ބުންޏެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާއެކު އޭނާ ސޮއިކުރި އެއްބަސްވުން މިދިޔަ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތީ ހަމަވާށެވެ. ނަމަވެސް އޭނާ ވަނީ އިތުރު ދެ އަހަރު ބާާސެލޯނާގައި މަޑުކުރަން ނިންމާ، އައު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޑެމްބެލޭ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 185 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތް ތައްޓެއް ވެސް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

27 އެޕްރީލު 2017
ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު