Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީގެ ނިންމުމާ މެދު ޑޮންނަރުންމާ ހުރީ ހިތްހަމަ ނުޖެހިފައި

13 އޯގަސްޓު 2025 | ބުދަ 07:10

ޑޮންނަރުންމާގެ މެސެޖުގައި އޭނާ ބުނެފައި ވަނީ "ކޮންމެ ވެސް މީހަކު" ޕީއެސްޖީގައި އޭނާގެ ބައިވެރިވުން ނުހިމެނޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕީއެސްޖީގެ ޓީމުގައި އޭނާ ބޭނުން ނޫން ކަމަށް ނިންމާފައިވާ ކަމަށާއި، އެކަމާ މެދު އިންތިހާ އަށް ކަންބޮޑުވެ، ނުތަނަވަސްވެފައި ހުރި ކަމަށް ޑޮންނަރުންމާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2025 | ބުދަ 07:10
ޕީއެސްޖީ އަށް ކުޅެމުން އަންނަ ޖިއާންލުއިޖީ ޑޮންނަރުންމާޒ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ޖިއާންލުއިޖީ ޑޮންނަރުންމާޒ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އިޓަލީގެ ގޯލު ކީޕަރު ޖިއާންލުއިޖީ ޑޮންނަރުންމާ ބުނެފި އެވެ.

ޕީއެސްޖީ އިން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމަށް އައު ގޯލު ކީޕަރެއް ގެނެސްފަ އެވެ. އެހެންވެ އެ ކުލަބުގެ އެއް ނަންބަރު ގޯލު ކީޕަރުގެ މަގާމުން ޑޮންނަރުންމާ އަށް ގެއްލޭނެ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕަށް އެކުލަވާލި ސްކޮޑުން ވެސް ޑޮންނަރުންމާ އަށް ފުރުސަތު ދީފައި ނުވެ އެވެ.

ޕީއެސްޖީ އާއެކު ޑޮންނަރުންމާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ޑޮންނަރުންމާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޑޮންނަރުންމާ ބުނެފައި ވަނީ އެންމެ ފުރަތަމަ އޭނާ ޕީއެސްޖީއާ ގުޅުނު ދުވަހުން ފެށިގެން ވެސް، ޕީއެސްޖީ އަށްޓަކައި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަަށެވެ. އަދި ޕީއެސްޖީގެ ގޯލު ބެލެހެއްޓެމުގައި ފަރުވާތެރިކަމާ އެކު މަސައްކަތް ކޮށްފައި ވާނެ ކަމަށް ޑޮންނަރުންމާ ބުންޏެވެ.

ޑޮންނަރުންމާގެ މެސެޖުގައި އޭނާ ބުނެފައި ވަނީ "ކޮންމެ ވެސް މީހަކު" ޕީއެސްޖީގައި އޭނާގެ ބައިވެރިވުން ނުހިމެނޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕީއެސްޖީގެ ޓީމުގައި އޭނާ ބޭނުން ނޫން ކަމަށް ނިންމާފައިވާ ކަމަށާއި، އެކަމާ މެދު އިންތިހާ އަށް ކަންބޮޑުވެ، ނުތަނަވަސްވެފައި ހުރި ކަމަށް ޑޮންނަރުންމާ ބުންޏެވެ.

އިތުރަށް ޑޮންނަރުންމާ ބުނެފައި ވަނީ ޕީއެސްޖީ އަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އިންތިހާ އަށް އުފާވާ ކަމެއް ކަމަށެވެ. އަދި ޕީއެސްޖީގައި ހޭދަ ކުރެވުނު ކޮންމެ ވަގުތަކާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް ޑޮންނަރުންމާ ވަނީ، ޕީއެސްޖީގެ ކުޅުންތެރިންނާއި، އެ ޓީމުގެ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީ އިން ޑޮންނަރުންމާގެ އެއްބަސްވުން އައު ކުރަން ބޭނުމެއް ނުވެ އެވެ. އެންމެ ފުރަތަމަ ޕީއެސްޖީ އިން އޭނާގެ އެއްބަސްވުން އައު ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޕީއެސްޖީގެ ހުށަހެޅުން ޑޮންނަރުންމާ ޤަބޫލު ނުކުރީ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ މިހާރު ޕީއެސްޖީ އިން އެއްބަސްވުން އައު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްޖީ ގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ޑޮންނަރުންމާ ވަނީ 161 މެޗުގައި ޕީއެސްޖީގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ޕީއެސްޖީ އާއެކު އޭނާ ވަނީ 10 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ފްރާންސް ކަޕް ދެ ފަހަރު ކާމިޔާބު ކުރުން، ޓްރޮފީ ޑީ ޗެމްޕިއަންސް ތިން ފަހަރު ކާމިޔާބު ކުރުން އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޑޮންނަރުންމާ އަކީ އިޓަލީ ޤައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 74 މެޗުގައި އިޓަލީގެ ގޯލު ބަލަހައްޓައިފަ އެވެ. އިޓަލީ އާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީ އިން 2021 ވަނަ އަހަރު ޑޮންނަރުންމާ ހޯދީ ވެސް، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް