Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޑޮންނަރުންމާ ޕީއެސްޖީ ދޫކޮށްލާނެ

މިވަގުތު ޑޮންނަރުންމާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި، އެ ނޫން ނަމަ އަންނަ އަހަރު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކުލަބު ދޫކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ. ޑޮންނަރުންމާގެ އެޖެންޓުން ޤަބޫލު ކުރާ ގޮތުގައި ޕީއެސްޖީ އިން އޭނާއާ މެދު އަމަލު ކޮށްފައި ވަނީ އިންސާފުވެރި ގޮތަކަށް ނޫނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 07:04
ޕީއެސްޖީ އަށް ކުޅެމުން އަންނަ ޖިއާންލުއިޖީ ޑޮންނަރުންމާ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ޖިއާންލުއިޖީ ޑޮންނަރުންމާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިޓަލީގެ ގޯލު ކީޕަރު، ޖިއާންލުއިޖީ ޑޮންނަރުންމާ އެ ކުލަބު ދޫކޮށްލާނެ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޕީއެސްޖީގައި ޑޮންނަރުންމާ މޮޅު ކުޅުމެއް ދެއްކިއިރު، ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީ އިން ވަނީ އައު ގޯލު ކީޕަރެއްގެ ސޮއި ހޯދައިފަ އެވެ. އެގޮތުން ޕީއެސްޖީ އިން ވަނީ ލޫކަސް ޝެވަލިއޭ އެ ކުލަބަށް ގެނެސްފަ އެވެ. އެއާއެކު ޕީއެސްޖީގައި ޑޮންނަރުންމާ އަށް ފުރުސަތެއް ނޯންނާނެ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ.

އެ ވާހަކަތައް އެހެން ދެކެވެމުން އަންނަނިކޮށް، ޔުއެފާ ސުޕަ ކަޕަށް ޕީއެސްޖީ އިން އެކުލަވާލި ސްކޮޑުން ޑޮންނަރުންމާ ވަނީ ބާކީ ކޮށްފަ އެވެ. އެއާ އެކު މީޑިއާ ތަކުގައި ބުނެފައި ވަނީ، ޕީއެސްޖީގެ ސްކޮޑުން ބާކީ ކުރުމުން ޑޮންނަރުންމާ ހުރީ ހިތްހަމަ ނުޖެހިފައި ކަމަށެވެ.

މީގެ އިތުރުން، މިވަގުތު ޑޮންނަރުންމާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި، އެ ނޫން ނަމަ އަންނަ އަހަރު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކުލަބު ދޫކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ. ޑޮންނަރުންމާގެ އެޖެންޓުން ޤަބޫލު ކުރާ ގޮތުގައި ޕީއެސްޖީ އިން އޭނާއާ މެދު އަމަލު ކޮށްފައި ވަނީ އިންސާފުވެރި ގޮތަކަށް ނޫނެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީ އިން ޑޮންނަރުންމާގެ އެއްބަސްވުން އައު ކުރަން ބޭނުމެއް ނުވެ އެވެ. އެންމެ ފުރަތަމަ ޕީއެސްޖީ އިން އޭނާގެ އެއްބަސްވުން އައު ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޕީއެސްޖީގެ ހުށަހެޅުން ޑޮންނަރުންމާ ޤަބޫލު ނުކުރީ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ މިހާރު ޕީއެސްޖީ އިން އެއްބަސްވުން އައު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްޖީ ގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ޑޮންނަރުންމާ ވަނީ 161 މެޗުގައި ޕީއެސްޖީގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ޕީއެސްޖީ އާއެކު އޭނާ ވަނީ 10 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ފްރާންސް ކަޕް ދެ ފަހަރު ކާމިޔާބު ކުރުން، ޓްރޮފީ ޑީ ޗެމްޕިއަންސް ތިން ފަހަރު ކާމިޔާބު ކުރުން އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޑޮންނަރުންމާ އަކީ އިޓަލީ ޤައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 74 މެޗުގައި އިޓަލީގެ ގޯލު ބަލަހައްޓައިފަ އެވެ. އިޓަލީ އާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީ އިން 2021 ވަނަ އަހަރު ޑޮންނަރުންމާ ހޯދީ ވެސް، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި

ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

27 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު