Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މަސީހު ބޭރުކުރުމަށް ހިތްވަރު ދެއްވުމަށް ހުރިހާ ބޭފުޅުން މާލެ އަރުއްވާ:ޢަލީ ނިޔާޒް

ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކަށް ހީވި ރައީސް ޔާމީންއަކީ އާދަޔާ ޚިލާފް ބާރެއް ލިބިފައިވާ ބޭފުޅެއް ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ޖުލައި 2017 | ހޮނިހިރު 20:39
ޢަލީ ނިޔާޒް:24 އަށް ރައްޔިތުން މާލެ އަރަން ޖެހޭ

ޢަލީ ނިޔާޒް:24 އަށް ރައްޔިތުން މާލެ އަރަން ޖެހޭ

ރައްޔިތުންގެ މަޖީލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދީ ހިތްވަރު ދިނުމަށް ހުރިހާ ބޭފުޅުން މިމަހުގެ 24 ވަނަ ދުވަހަށް މަލެ އެރުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް އަނެއްކާ ވެސް ގޮވާލައްވައިފި އެވެ..

ނިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނ އަތޮޅު މަނަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން އަދި އެންމެހާ ދިވެހިރައްޔިތުން ކުރިމަތިލާފައި ވަނީ ވަރަށް މުހިއްމު ވަގުތަކާ ކަމަށާއި މިފެށެނީ ވަރަށް މުހިއްމު ހަފްތާއެއް ކަމަށެވެ.

"މިކުރިމަތިލަނީ ބަރުލަމާނީ ހަޔާތުގައި މުހިއްމު ވާހަކަ ތަކެއް ދައްކާނެ ދުވަހަކާ. އިސްލާހީ މަސައްކަތައް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ އެދުވަހު. މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތައް އެހީތެރިވާން ޖެހޭ. އެންމެ ރަނގަޅު ގޮތަކީ ވަޑައިގެންނެވުނު ގޮތަކުން މާލެ ވަޑައިގެން މަޖިލިސް ދޮށުގައި ތިބުން.،" ނިޔާޒް ވިދާޅުވިއެވެ

ނިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކުރަން ޖެހޭ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ޖެހޭ ވަރަށް ގިނަ ސަބަބު އެބަހުރި ކަމަށެވެ. ތިންބާރުވެސް މިނިވަން ކުރަން ޖެހޭ ކަމަށާއި އެއްވެސް މީހަކަށް ޤާނޫން އަސާސީއާ ދެކޮޅަށް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކަށް ހީވި ރައީސް ޔާމީންއަކީ އާދަޔާ ޚިލާފް ބާރެއް ލިބިފައިވާ ބޭފުޅެއް ކަމަށް. އެކަމަކު އެއްވެސް އިންސާނަކީ މާބޮޑު ބާރެއް ލިބިފައިވާ މީހެއް ނޫން. އެއްވެސް މީހަކު އަނެއް މީހާގެ އަޅަކަށް ވެގެން ހުންނާކަށް ނުޖެހޭނެ،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރާއި މަޖިލީހުން ކުރި މަސައްކަތް އެވަނީ ފެއިލްކޮށްފައި ކަމަށާއި އިރާދަކުރެއްވިއްޔާ މިކަމަށް މިހާރު ހުރަސް އަޅަމުންދާ ޖުޑިޝަރީގެ ބާރުވެސް ފެއިލް ކޮށްލެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ބޭރުކޮށްލެވުމުން އިސްލާހީ އެޖެންޑާގެ މަސައްކަތް އަދި އެފެށެނީ ކަމަށާއި އޭގެ އެންމެބޮޑު ބާރަކީ ރައްޔިތުންގެ އަތުން އަތުލައިގެންފައިވާ ބާރު އަނބުރާ ހޯދައިދިނުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެކަމަށް އެހީތެރިވުމަށް ދެވެން އޮތް ގޮތަކަށް މިމަހުގެ 24 ވަނަ ދުވަހަށް މާލެ ވަޑައިގަތުމަށް ނިޔާ ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު