Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ަރައީސް ނަޝީދު

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

މީ ޕާޓީ އަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއްކަމަށް އެމްޑީޕީން ދެކޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 18:49
ޖެނީވާ ސަމިޓްގައި ރައީސް ނަޝީދަށް ހިތަވަރުގަދަކަމުގެ އެވޯޑް އަރުވަނީ

ޖެނީވާ ސަމިޓްގައި ރައީސް ނަޝީދަށް ހިތަވަރުގަދަކަމުގެ އެވޯޑް އަރުވަނީ

އިންސާނީ ޙައްޤުތަކުގެ ދިފާއުގައި ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދަނީ އާދަޔާއި ޚިލާފު ހިތްވަރެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ސެކްރެޓޭރިއޭޓުން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް 9 ވަނަ ޖެނީވާ ސަމިޓްގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރޮގުން ‘ހިތްވަރުގަދަ އެވޯޑު 2017 ‘ ލިބިވަޑައިގެންފައި ވާތީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާކަމަށެވެ. އަދި އެއީ އެ ޕާޓީ އަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއްކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރޮނގުގައި އެމަނިކުފާނު ދައްކަވަނީ އާދަޔާ ޚިލާފު ހިތްވަރުފުޅެއްކަމަށާއި، އެމަނިކުފާނުގެ ކިބައިން މުޅި ދުނިޔެއިންވެސް ހިތްވަރު ލިބިގަންނަމުންދާކަމަށެވެ.

ރައީސް ނަޝީދަށް މި ޚާއްސަ އިނާމް ލިބިވަޑައިގެންފައި ވަނީ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރޮނގުގައި އެމަނިކުފާނު ސާބިތުކަމާއިއެކު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރުމުގެ ގޮތުންނެވެ.

ޖެނީވާ ސަމިޓްގައި ރައީސް މުޙައްމަދު ނަޝީދަށް މި ޚާއްސަ އެވޯޑް އަރުވަމުން ފާހަގަކޮށްފައި ވާގޮތުގައި އެމަނިކުފާނަކީ މިނިވަންކަމަށާއި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދިފާއުގައި އާދަޔާއި ޚިލާފު ހިއްވަރެއް ދެއްކެވުމުގެ ސަބަބުން އެމަނިކުފާނުގެ ކިބައިން މުޅި ދުނިޔެއިންވެސް ހިއްވަރު ލިބިގަންނަމުންދާ ޝަހުސިއްޔަތެއްކަމަށެވެ..

ޖެނީވާ ސަމިޓްގައި އިންސާނީ ޙައްޢޤުތަކާއި ޑިމޮކްރަސީގެ ރޮނގުން ހިތްވަރުގަދަ އިނާމް ލިބިވަޑައިގެން ހަމައެކަނި ދިވެހި ޝަހުސިއްޔަތަކީ ރައީސް މުޙައްމަދު ނަޝީދެވެ. އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީ އާއި އަދި ތިމާވެށިގެ ރޮނގުން ރައީސް މުޙައްމަދު ނަޝީދު ދުނިޔޭގެ ފެންވަރުގައި އަދާކުރައްވަމުންގެންދަވާ ދައުރާއި ، ދައްކަވަމުން ގެންދަވާ ލީޑާރޝިޕްގެ ސަބަބުން އެމަނިކުފާނަށް މީގެ ކުރިންވެސް ބައިނަލްއަޤުވާމީ އެތަކެއް ޝަރަފުވެރި އިނާމެއް ވަނީ ލިބިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު