Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ އެވޯޑް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

ޖުމްލަ 18 ފަރާތަކަށް ހިތްވަރު ދިނުމުގެ އެވޯޑް ލިބިފަވޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 00:46
ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރިޒްނާ ޒަރީރާ ހަވާލުކުރަނީ

ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރިޒްނާ ޒަރީރާ ހަވާލުކުރަނީ

ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ އެސިސްޓެންޓް މެނޭޖާ އޮފް ބިޒުނަސް ޑިވެލޮޕްމެންޓް ރިޒްނާ ޒަރީރަށް ލިބިއްޖެއެވެ.

ރިޒްނާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ މިހާރު 10 އަހަރުވެއްޖެ އެވެ. ރިޒްނާ ރާއްޖެޓީވީއާ ގުޅުނީ 2011 ވަނަ އަހަރު އެވެ. ހަބަރު ލިޔުމުގެ އިތުރަށް ރިޒްނާއަކީ ޕްރޮގްރާމު އުފެއްދައި، ހުށަހަޅައިދީ އަދި ހަބަރު ކިޔަމުން އަންނަ ހުނަރުވެރި ނޫސްވެރިޔެކެވެ.

ރިޒްނާ ވިދާޅުވީ މިފަދަ އެވޯޑެއް ލިބުމުން ނޫސްވެރިކަމުގެ ދާއިރާގައި ކުރާ މަސައްކަތުގެ އަގު ވަޒަން ކުރާކަން މިއަދު އިޙްސާސް ކުރެވިއްޖެކަމަށެވެ. ރައްޔިތުންނަން ހިދުމަތް ކުރުމަށްޓަކައި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެން ހިގައްޖެ ކަމަށް 2007 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނެވި ރިޒްނާ ވިދާޅުވިއެވެ.

" ވަރަށް އުފާވި އެވޯޑް ލިބުމުން، އެވޯޑް ލިބުނީމަ އެނގުނީ އަގުވަޒަން ކުރާކަން، ހިތްވަރާއެކު މި ދާއިރާއިން ކުރިއަށް ދާނަން" ރިޒްނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހުކުރު ދުވަހުގެ ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި "އައްޑޫ އެވޯޑް 2016" ނަމުގައި ބޭއްވި ޖަލްސާގައި، ތަފާތު އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ ފަރާތްތަކަށް އިނާމު ދިނެވެ. ހިތްވަރު ދިނުމުގެ އިނާމު 18 ފަރާތަކަށް ލިބުނުއިރު ޚިދުމަތުގެ އިނާމު 31 ފަރާތަކަށް އަދި މަތީ ވަނަތަކާއި ހާފިޒްކަން ހާސިލްކުރައްވާފައިވާ ފަރާތްތަކަށާއި އައްޑޫ ސިޓީއަށް ޝަރަފާއި ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ވެސް އިނާމު ދިނެވެ.

ހިތްވަރު ދިނުމުގެ އެވޯޑް ހާސިލް ކުރި ފަރާތައް

  • ދަނޑުވެރިކަމުގެ ދާއިރާއިން: މީދޫ މުޙައްމަދު ވާޙީދު
  • ސިއްޙީ ދާއިރާއިން: ހިތަދޫ ފާތިމަތު އަޙުމަދު، އާއިޝަތު ރަޝީދާ
  • ކީރިތި ޤުރުއާން އުނގަންނައި ދިނުމާއި ކީރިތި ޤުރުއާންގެ އިލްމުގެ ދާއިރާއިން: ހިތަދޫ މަރްޔަމް އަބްދުﷲ، މަރަދޫ އަބްދުލް އަޒީޒް އަޙުމަދު
  • ތައުލީމީ ދާއިރާއިން: މަރިޔަމް ލަތީފާ
  • އިޖްތިމާޢީ ހިދުމަތުގެ ދާއިރާއިން : ހުސެއިން ޙަބީބް
  • ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން: މުހައްމަދު ކާމިލް
  • މަސްވެރިކަމުގެ ދާއިރާއިން: އިބްރާހިމް ޝަފީގް
  • ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން : ޝިމްލާ އަހުމަދު، ރިޒްނާ ޒަރީރު
  • ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން : މޫސާ ފަތުޙި
  • ކުޅިވަރުގެ ދާއިރާއިން : މަރްޔަމް ޙަމީދާ ، އަލީ ޝިހާބު

މަތީދަރަޖައިގެ އިނާމު

  • ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ސައީދު
  • ރޭޑިއޮލޮޖިސްޓް ޑރ. އިބްރާހިމް ރަޝީދު

ޝަރަފުވެރިކަމުގެ އިނާމު

  • އިޖުތިމާއީ ދާއިރާ: މަރަދޫ ޖަވާހިރުމާގޭ، އަބްދުއްލަތީފް މުހައްމަދު
  • އިޖުތިމާއީ ދާއިރާ: ހިތަދޫ ތަމްޕާޕޫލްމާގޭ، އައިޝަތު ފާއިޒާ
  • އިޖުތިމާއީ ދާއިރާ: ހިތަދޫ ފެހިވިލާގޭ، އަހްމަދު ސޯލިހް އަލިދީދީ
  • ތައުލީމީ ދާއިރާ: މީދޫ ހަސަންކާރިގޭ ޑރ. އަހްމަދު އަންވަރު
  • ކުޅިވަރުގެ ދާއިރާ: ފޭދޫ ކުދިމާގޭ އަބްދުﷲ މުފީދު
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ: ހިތަދޫ ، ކެމީ، ހަސަން ލަބީބު
  • ސިއްހީ ދާއިރާ: ފޭދޫ ދިލްކަޝްވިލާ، އިބްރާހިމް ހަލީލް
  • ކީރިތި ގްރުއާން ކިޔަވައިދިނުމާއި އުނގަންނައި ދިނުމާއި ގްރުއާނުގެ އިލްމުގެ ދާއިރާ: ހިތަދޫ އިހްރާމްގޭ މަރިޔަމް ސަމީރާ

މަތީ ދަރަޖައިގެ ޝަރަފުވެރި އިނާމު ލިބިވަޑައިގެންފައިވަނީ ޑރ. ހަސަން އުގައިލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު