Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ދާއިރާ

ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވި ތަރައްޤީ ލިބޭނެ ފަދަ ގޮތަކަށް ބައްޓަންކުރުން މުހިއްމު - އީޔޫ

23 ޖުލައި 2023 | އާދީއްތަ 15:47

މިހާތަނަށް މި އެހީ ޖުމްލަ 406 ފަރާތަކަށް ފޯރުކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖުލައި 2023 | އާދީއްތަ 15:47
ކ.މާފުށީ

ކ.މާފުށީ

ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވި ތަރައްޤީ ލިބޭނެ ފަދަ ގޮތަކަށް ބައްޓަންކުރުން މުހިއްމު ކަމަށް ހެޑް އޮފް ކޯޕޮރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް ދަ މޯލްޑިވްސް ޑރ. ޔޯހާން ހެސީ ވިދާޅުވެއްޖެއެވެ.

ޑރ. ޔޯހާން ހެސީ މިފަދައިން ވިދާޅުވީ "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކ. މާފުށީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ސެޝަނުގައެވެ.

Advertisement - newsAdvertisement

މި މަޢުލޫމާތު ސެޝަންގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ގެސްޓްހައުސް ވިޔަފާރިތަކަށް ފަންނީ ކުރިއެރުން ލިބޭނެފަދަ ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކ،ީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް ބިނާކުރުމަށް މަޤުފަހިކޮށް ދިނުމެވެ.

މި ޕްރޮޖެކްޓު މެދުވެރިކޮށް ކޮވިޑް-19 ގެ ސަބަބުން ދި ވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ހީނާރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން 2 މިލިޔަން ޔޫރޯގެ ހިލޭ އެހީ ހަދިޔާކޮށްފައިވެއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ "ކުމެވި" ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ގެސްޓްހައުސްތަކާއި ސަފާރީ ވެސަލްތަކަށެވެ. މިޕްރޮޖެކްޓްގެ ފުރަތަމަ ކޮމްޕޮނެންޓުގެ ދަށުން ވިޔަފާރިތަކަށް ހިލޭ އެހީގެ ގޮތުގައި 1.4 މިލިއަން ޔޫރޯ ( 25،332،672 ދިވެހި ރުފިޔާ) ވަނީ ދޫކޮށްފައެވެ.

އަދި މިހާތަނަށް މި އެހީ ޖުމްލަ 406 ފަރާތަކަށް ފޯރުކޮށްދީފައި ވާއިރ،ު އޭގެ ތެރޭގައި ހިމެނެނީ 341 ގެސްޓްހައުސްއާއި 65 ސަފާރީއެވެ. އެގޮތުނ،ް މާފުށީގެ 21 ވިޔަފާރިއަކަށް ޖުމްލަ 1،602،870 (އެއްމިލިއަން ހަލައްކަ ދެހާސް އަށްސަތޭކަ ހަތްދިހަ) ރުފިޔާ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ. މި ޕްރޮޖެކްޓުގެ ދެވަނަ ކޮމްޕޮނެންޓްގެ ދަށުން ގެސްޓްހައުސް ވިޔަފާރިތަކަށް ފަންނީ ކުރިއެރުމާއި މާލީ ތަރައްޤީގެ ފުރުސަތުތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވަނީ ގެސްޓުގައުސް ހިންގުމާއިގުޅޭ 8 ދާއިރާއަކަށް އަލިއަޅުވާލާފައެވެ.

އެގޮތުނ،ް މި ސެޝަން ނިމިގެންދިޔައިރު ވަނީ ފައިނޭންޝަލް މެނޭޖްމަންޓާއި ފްރަންޓް އޮފިސް އޮޕަރޭޝަނާއި ވޭސްޓް މެނޭޖްމަންޓް އަދި ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާކޮށްފައެވެ. އަދި މި ސެޝަން ނިންމާލަމުންވަނީ މާފުށީގެ 21 ގެސްޓްހައުސް ވިޔަފާރީއަކަށް ކޮމްޕޮނެންޓް 1 ގެ ދަށުން ލިބުނު ހިލޭ އެހީގެ ރަމްޒީ ފިލާ ހަވާލުކޮށްފައެވެ.

ޑރ. ޔޯހާން ހެސ،ީ ހެޑް އޮފް ކޯޕޮރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް ދަ މޯލްޑިވްސް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން ގެ ފަރާތުން ފަންޑު ކުރެވޭ މަޝްރޫޢުތަކަކީ ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ މަންފާ ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. މި ސަބަބަށްޓަކައި ކުރާ މަސައްކަތްތައް ބިނާކުރެވިގެންދަނީ ދިވެހި ސަރުކާރުގެ އެޖެންޑާއާއި އެއްގޮތަށް ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކާއި ސަފާރީ ވެސަލްތައް ފަދަ ކުދި ވިޔަފާރުތަކުގެ ކުރިއެރުވުމަށް އ.ީޔޫ އިން އަބަދުވެސް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.

މިހަފްލާގައި ޑެލިގޭޝަން އޮފް ދަ ޔޫރަޕިއަން ޔޫނިއަން ސްރީލަންކާ އެންޑް މޯލްޑިވްސ،ް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮޕަރޭޝަން އަދި ކ.މާފުށި ކައުންސިލްގެ ފަރާތުން ބައިވެރިވެލެއްވިއެވެ. މިޕްރޮޖެކްޓުގެ ތަންފީޒީ އިދާރާއަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
17 މެއި 2017

ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް

17 މެއި 2017
ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް