Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމާވެށި ހިމާޔަތްކުރުން

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

ފަރުތަކުގެ ފަތުރުވެރިކަމަކީ 375 ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 22 މެއި 2017 | ހޯމަ 12:20
މިނިސްޓަރު ތޯރިގް އިބްރާހީމް

މިނިސްޓަރު ތޯރިގް އިބްރާހީމް

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަން ޖެހޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުތަކުގެ ދުވަހުގެ މުނާސަބަތުގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ނެރުއްވި ހިތާބުގައި ވިދާޅުވެފައިވާ ގޮތުގައި ދިވެހިންގެ ހަޤީޤީ ޚަޒާނާއަކީ ފުރިހަމަ ތިމާވެށީގެ ނިޢުމަތެވެ.

އެގޮތުން ފަތުރުވެރިކަމުގެ ރޭހުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ފައިތިލަ ސާބިތުކުރާއިރު އެކަން އެގޮތުގައި ދެމެހެއްޓޭނީ ތިމާވެއްޓާއި އެވެށީގައި އުޅޭ ދިރުންތައް ހިމާޔަތްކޮށްގެންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދެމެހެއްޓެނި ފަތުރުވެރިކަމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތަކަށް، ދެމެހެއްޓެނެވި ތަރައްޤީގެ އަސާސްތަކާ އެއްގޮތުގެ މަތިން އެސިނާޢަތް ބައްޓަންކޮށް، އޭގެ ފައިދާ އެންމެނަށް ލިބޭނޭ ގޮތަށް މަސައްކަތްކުރުމެވެ.

އެގޮތުން، ގެއްލުން ލިބިފައިވާ ދިރޭތަކެތީގެ މާހައުލުތައް އަލުން އާރާސްތުކުރުމާއި، ތިމާވެށީގެ ނާޒުކު އެކި ސަރަހައްދުތައް ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިންނާއި އިސްތިހާރުތަކުގެ ތެރެއިން ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ފަދަ ކަންކަމީ ހަރުދަނާ ނަތީޖާ ނެރެދޭނެ ކަންތައްތަކެއް ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަކީ ނުހަނު ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ސިނާއަތެއް ކަމަށެވެ. އެގޮތުން އެވެރެޖްކޮށް ހަތެއް އިންސައްތަ ކުރިއަރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް، ދެމެހެއްޓެނެވި ފަތުރުވެރިކަމާއި ދިރޭތަކެތީގެ ނަސްލުތަކުގެ ގުޅުން ފާހަގަކުރެވެއެވެ. މިގޮތުން، ފަރުތަކުގެ ފަތުރުވެރިކަމަކީ 375 ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތެއް ކަމަށާއި އަދި ދުނިޔޭގެ 500 މިލިއަން މީހުންގެ ދިރިއުޅުން ބިނާވެފައި ވަނީ ފަރުތަކުން ލިބޭ ކާނާ އާއި ނަފާގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި އިންސާނީ ދިރިއުޅުމާއި ދިރިހުރުން ބަރޯސާވެ ގުޅިލާމެހިފައި ވަނީ ތިމާވެށްޓާއި އޭގެ ދިރުންތަކާއެވެ. އެހެން ކަމުން އިންސާނީ ހަޟާރަތްތައް ދެމެހެއްޓުމަށްޓަކައި ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ލާޒިމު ކަމެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ހަމައެހްނެމެ ދިވެހިރާއްޖެއަށް ބަލައިލިކަމުގައި ވިޔަސް، ދިރުންތަކާއި މާޙައުލީ ނިޒާމުތަކަކީ ދިވެހި ސިނާޢަތްތަކުގެ ނާރެސް ކަމަށާއި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަން ފަދަ ބޮޑެތި ސިނާޢަތްތަކަކީ މިކަމުގެ ދިރިހުރި ދަލީލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެލާ ކަހަނބާއި، މިޔަރުގެ ބާވަތްތަކާއި، މުރަކަތާއި، ކަނޑުގެ މާހައުލީ ނިޒާމާއި، އޭގައިވާ ދިރުންތަކަކީ މިރާއްޖޭގެ އެންމެ ބޮޑު ސިނާޢީ ރައުސްމާލް ކަމަށާއި އެހެންކަމުން، މިތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމީ އެންމެގެ ޒިންމާއެއްކަން ހަނދާންކުރަންޖެހޭ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ދިރޭތަކެތީގެ ނަސްލުތަކުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ބަޔޯޑައިވަރސިޓި އެންޑް ސަސްޓެއިނަބަލް ޓުއަރިޒަމް" ނުވަތަ ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމެވެ. މިޝިޢާރުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ މުޙިއްމުކަން އަދި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމާއި ފަތުރުވެރިކަމާ ގުޅިފައިވާ މިންވަރު ދައްކުވައިދީ ހޭލުންތެރިކުރުވުމެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2018

މަޖިލީސް އިންތިހާބަކީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ހުރަހެއް ނޫން: އަހްމަދު އަބްދުﷲ

05 ނޮވެމްބަރު 2018
މަޖިލީސް އިންތިހާބަކީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ހުރަހެއް ނޫން: އަހްމަދު އަބްދުﷲ
27 އޮކްޓޯބަރު 2018

އާ ސަރުކާރަކާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ:ޓީޓީޖީ އޭޝިޔާ

27 އޮކްޓޯބަރު 2018
އާ ސަރުކާރަކާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ:ޓީޓީޖީ އޭޝިޔާ
10 އެޕްރީލު 2018

ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު

10 އެޕްރީލު 2018
ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު
23 މާރިޗު 2018

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު

23 މާރިޗު 2018
ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު
22 ފެބުރުއަރީ 2018

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޗްއާރްސީއެމް އިން ކުރާ މަސައްކަތްތައް ވިލާތުގެ އިއްތިހާދާ ހިއްސާކޮށްފި

22 ފެބުރުއަރީ 2018
އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޗްއާރްސީއެމް އިން ކުރާ މަސައްކަތްތައް ވިލާތުގެ އިއްތިހާދާ ހިއްސާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު