Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް

ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ގެނެވޭނެ އެއްޗެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 މެއި 2017 | ބުދަ 02:58
ހަސަން ލަތީފް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ހަސަން ލަތީފް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ގެނެވޭނެ އެއްޗެއް ނޫން ކަމަށާއި ތަރައްޤީއަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ އެއްޗެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅުގައި ތަރައްގީއަކީ ކޮންކްރީޓުން ގެންނަ އެއްޗެއް ކަމަށާއި ނަމަވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްގެން ހަދާ އިމާރާތްތަކަކީ ތަރައްގީ ނޫން ކަމަށެވެ. ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި ފިކުރާއި ދިރިއުޅުމަށް އަންނަ އެއްޗެއް ކަމަށާއި ތަރައްގީއަކީ ރީތި ދިރިއުޅުމެއް އުޅެން ރައްޔިތުންނަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އިމާރާތްތަކުގެ ކޮންކްރީޓުގެ ބަރުދަނުން ތަރައްގީ ކިރަން ރައްޔިތުން ބޭނުންނުވާ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުން ބޭނުންނުވިޔަސް ތަރައްގީ ގެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވާ ކަމަށާއި ނަމަވެސް ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ގެންނަ އެއްޗެއް ނޫން ކަމަށެވެ. "ރައީސް ޔާމީން އެބަވިދާޅުވޭ ކައުންސިލްތަކުން ބޭނުންނުވިޔަސް ތަރައްގީ ގެންނާނެ ކަމަށް. އަޅުގަނޑުމެން އެބަހިތަށްއަރާ ގަދަބާރުން އެގެންނަން އުޅޭ ތަރައްގީއަކީ ކޯއްޗެއްބާއޭ. އަޅުގަނޑުމެންނަށް އެނގިފައި އޮންނަގޮތުން ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ބަނޑުމުސާރައަށް ރައްޔިތުންނާ ބައްދައިގެން ބައިބަލާކުޅެގެން ރައްޔިތުން ބިންމައްޗަށް ވައްޓާލައިގެން ގެންނަ އެއްޗެއް ނޫން. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ކައުންސިލްތައް މެދުވެރިކޮށް ތަރައްގީ ގެނައުން. ގަދަބާރުން ރައްޔިތުން ހިފަހައްޓައިގެން ތަރައްގީ ގެންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައްޔިތުން ބަލައެއްނުގަންނާނެ" ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުން ވަރަށް ގިނަ ފިލާވަަޅުތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި ރައްޔިތުން ތިބި ގޮތް އަންގައިދީފި ކަމަށެވެ. ރައީސް ޔާމީނަށް ނޫނެކޭ ބުނެ ރައްޔިތުން ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކޮށްފައި ކަމަށް އޭނަ ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ބޭސްސިޓީއަށް ސަލާންޖަހަން ރައްޔިތުން ބޭނުންނުވާ ކަމަށާއި ކޮންމެ އައިޑީކާޑަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ޔަގީންވާން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ގާއިމުކުރި ދަތުރުފަތުރުގެ ނިޒާމު އިއާދަކޮށްދިނުމަށް ރައްޔިތުން އެދޭ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށާއި، ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމަށާއި، ބޯހިޔާވަހިކަން ކަށަވަރުވުމަށާއި، ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތު އަނބުރާ ގެނެސްދިނުމަށް ރައްޔިތުން އެދޭ ކަމަށެވެ. އަދި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ 10،000ރ. ދޭނެ ކަމަށް ބުނެ ނުލިބުން ކަމަށާއި މަސްވެރިން ތިބީ މަހުގެ އަގު ވެއްޓި، މަސްކިރުވޭނެ ގޮތެއް ނެތިފައި ކަމަށެވެ. ވަޒީފާ އަދާކުރާ މީހުން އާއިލާއާއެކު އަރާމު ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލީ މިކަންކަމަށް ހައްލު ހޯދުމަށް ކަމަށާއި އަލަށް އިންތިޚާބުވި ކައުންސިލްތަކާއެކު މިކަންކަން ތަންފީޒު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުން ހައްޔަރުކޮށްފައިވާ 1,700 އަށްވުރެ ގިނަ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައްވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުހައްގުން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ. އަދި އދ.އިން އަންގާފައިވާ ގޮތަށް ރައީސް ނަޝީދު ވެސް ދޫކޮށްލުމަށް ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު