Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް

އަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފި

ހުއްދަ ދީފައިވަނީ 23 ޖުލައިން ފެށިގެން ތިން މަސް ދުވަހަށް މަސައްކަތް ކުރިއަށް ގެންދިއުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖުލައި 2023 | އާދީއްތަ 12:04
އަލިރަސްގެފާނު ޒިޔާރަތް

އަލިރަސްގެފާނު ޒިޔާރަތް

ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް ކުރުމުގެ ހުއްދަ, މާލެސިޓީ ކައުންސިލުން ދީފިއެވެ.

ސިޓީ ކައުންސިލުން ހުއްދަ ދީފައި މިވަނީ، އަލިރަސްގެފާނު ޒިޔާރަތުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތްތައް ކައުންސިލާހެދި ހުއްޓިފައިވާކަމަށް ބުނެ، ހެރިޓޭޖް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ރާއްޖެއެމްވީއަށް ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ، އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ބޭރަށް ހުރި ފާރު އެތެރެއަށް ޖެއްސުމުގެ މަސައްކަތް ފެށިކަމަށެވެ. ނަމަވެސް އެ ބިމަކީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބިމެއްކަމަށް ބުނެ، އެ ކައުންސިލުން އަނގަބަހުން މަސައްކަތް ހުއްޓުމަށް އެދިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ގުޅިގެން އެ މަސައްކަތް ކުރަމުންދާއިރު، މިހާރު ބޭރަށް ހުރި ފާރު 5 މީޓަރު އެތެރެއަށް ޖެއްސުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. އެ ފާރު އެތެރެއަށް ޖެއްސުމަށްފަހު އެ އޮންނަ ތަން ޕާކެއްގެ ގޮތަށް، ސްކޫލް ކުދިންނަށް އިށީދެވޭގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ކުދިން ކޮޅަށް ތިބިގެން އެތަނުން މައުލޫމާތު ހޯދާއިރު، ޓްރެފިކް ބްލޮކްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް އިތުރަށް ވިދާޅުވީ މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު ދުވަސްވެފައިވާއިރު މަސައްކަތް ނިންމަން ކަނޑައެޅީ ޖުލައި 26 ވަނަ ދުވަހަށް ކަމަށެވެ.

މިމައްސަލައާ ގުޅިގެން އާދިއްތަ ދުވަހު މާލެ ސިޓީކައުންސިލުން ވަނީ އިންފާރު ތެޅުމުގެ ހުއްދަ ދީފައެވެ. ހުއްދަ ދީފައިވަނީ 23 ޖުލައިން ފެށިގެން ތިން މަސް ދުވަހަށް މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ހުއްދަ ދީފައިވާ ލިޔުމުގައި ބުނެފައިވަނީ ފާރު ތެޅުމުގެ މަސައްކަތްކުރާއިރު، އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއް، ކޭބަލް ޓީވީ، ކަނެކްޝަން ކާރބެއް، މަގުމަތީ ހޮޅިދަނޑިއެއް، ފާޚާނާ ހޮޅިއެއް، ފެންމީޓަރެއް ފަދަ އެއްޗެއް ހުރެގެން އެއިން އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ، ގޯތި ރަޖިސްޓްރީ ކުރެވިފައވާ ފަރާތުން އުފުލަންޖެހޭ ކަމަށެވެ. އެފަދަ އެއްޗެއް ހުރިނަމަ އެ އެއްޗަކާބެހޭ އޮފީހަކާ ގުޅައިގެން ފުރަތަމަ ހަމަޖައްސަންވާނީ އެ އެއްޗެއްގެ މައްސަލައެވެ. އަދި ބިތްގަނޑު ޖަހަންޖެހޭ ތަނެއްނަމަ މަސައްކަތް ކުރަންވާނީ ބިތްގަނޑު ޖެހުމުގެ ހުއްދަ އެ އިދާރާގެ އާއްމު ޚިދުމަތްތަކާބެހޭ ބައިން ހޯދައިގެން، ބިތަގަނޑު ޖައްސައި ނިވާކުރުމަށްފަހުއެވެ. އަދި މިއީ، ފާރު ނޭރުން، ބިންގާއެޅުން، އިމާރާތްކުރުން ފަދަ އެއްވެސް މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައެއް ނޫންކަމަށް ބުނެފައިވެއެވެ.

އަލިރަސްގެފަނާއި އެމަނިކުފާނާއެކު ޝަހީދުވި ވިލިނގިލީ ރައިވެރިބެ ފަސްދާނުލާފައި ވަނީ އެތަނުގައެވެ. އެ ޒިޔާރަތަކީ ރާއްޖޭގެ ތާރީޚީ ތަންތަނުގެ ލިސްޓުގައި ކަނޑައަޅާފައިވާ ތަނެކެވެ.

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި ގޭޓުގައި ކުލައާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސަރވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް އެމްޑަބްލިޔުއެސްސީއާ ވަނީ މިއަހަރުގެ އޭޕްރިލް މަހު ހަވާލުކޮށްފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ޚާއްސަ ލަފައާއި އިރުޝާދާއެކު، އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

އަލިރަސްގެފާނު ޒިޔާރަތްފަދަ، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަށް ހުރި ބިނާތައް ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ، އިހުގެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު