Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް

އަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާ ހެދި ހުއްޓިފައި

މަސައްކަތް ހުއްޓުމަށް އެންގީ ބިމަކީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބިމެއްކަމަށް ބުނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖުލައި 2023 | އާދީއްތަ 07:03
އަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް ހުއްޓިފައި

އަލިރަސްގެފާނު ޒިޔާރަތުގެ މަސައްކަތް ހުއްޓިފައި

ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތުގައި މިވަގުތު ކުރިއަށް ގެންދާ މަސައްކަތްތައް މާލެ ސިޓީ ކައުންސިލާ ހެދި ހުއްޓިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އަލިރަސްގެފާނު ޒިޔާރާތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ބޭރަށް އިންފާރު އެތެރެއަށް ޖެއްސުމުގެ މަސައްކަތް ފެށި ކަމަށެވެ. އެހެންނަމަވެސް އެ ބިމަކީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބިމެއްކަމަށް ބުނެ، އެ ކައުންސިލުން އަނގަބަހުން މަސައްކަތް ހުއްޓުމަށް އެދިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މާލެ ވޯޓާ އެންޑް ސުވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ގުޅިގެން އެ މަސައްކަތް ކުރަމުންދާއިރު މިހާރު ބޭރަށް ހުރި ފާރު 5 މީޓަރު އެތެރެއަށް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފާރު އެތެރެއަށް ޖެއްސުމަށްފަހު އެ އޮންނަ ތަން ޕާކެއްގެ ގޮތަށް ސްކޫލް ކުދިންނަށް އިށީދެވޭގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ކުދިން ކޮޅަށް ތިބިގެން އެތަނުން މައުލޫމާތު ހޯދާއިރު ޓްރެފިކް ބްލޮކްވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު ދުވަސްވެފައިވާއިރު މަސައްކަތް ނިންމަން ކަނޑައެޅީ ޖުލައި 26 ވަނަ ދުވަހަށް ކަމަށެވެ.

ސިޓީ ކައުންސިލުން މިހާތަނަށް ވެސް ޖަވާބެއް ދީފައިނުވާއިރު އެތަނުގެ ފެން ބިލާއި ކަރަންޓު ބިލްގެ އިތުރުން ތަން ސާފުކޮށް ބަލަހައްޓަނީ ވެސް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކަމަށް ނާޒިމް ވިދާޅުވިއެވެ. މަސައްކަތް ހުއްޓިފައި އޮތުމުން ކޮންޓްރެކްޓަރަށް ވެސް ދަތިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލިރަސްގެފަނާއި އެމަނިކުފާނާއެކު ޝަހީދުވި ވިލިނގިލީ ރައިވެރިބެ ފަސްދާނުލާފައި ވަނީ އެތަނުގައެވެ. އެ ޒިޔާރަތަކީ ރާއްޖޭގެ ތާރީޚީ ތަންތަނުގެ ލިސްޓުގައި ކަނޑައަޅާފައިވާ ތަނެކެވެ.

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޒިޔާރަތުގެ ފާރުތަކާއި ގޭޓުގައި ކުލަ އާއި ދަވާދުލާ، ދިދަ ދަނޑި މަރާމާތުކޮށް، ސަރވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް އެމްޑަބްލިޔުއެސްސީއާ ވަނީ މިއަހަރުގެ އޭޕްރިލް މަހު ހަވާލުކޮށްފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޚާއްސަ ލަފައާއި އިރުޝާދާއި އެކު، އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިޔައްގެންދާ މަސައްކަތްތަކެކެވެ.

އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރާއްޖޭގެ މުއްސަނދި ސަޤާފީ ތަރިކަ ފެންނަށް ހުރި ބިނާތައް ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަޤާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު