Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާންލީ

ސިޓީގެ ޒުވާން ކީޕަރު ބާންލީއަށް

އޭނާ އަކީ 21 އަހަރުން ދަށުގެ ޔޫރޯގެ އެންމެ މޮޅު ކީޕަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 21 ޖުލައި 2023 | ހުކުރު 12:20
ޖޭމްސް ޓްރެފޯޑް

ޖޭމްސް ޓްރެފޯޑް

ފްރިމިއަރ ލީގަށް ޕްރޮމޯޓްވި ބާންލީއިން މެންޗެސްޓާ ސިޓީގެ ޒުވާން ގޯލްކީޕަރު ޖޭމްސް ޓްރެފޯޑް އެޑްއޮންތަކާއެކު 19 މިލިއަން ޕައުންޑްގެ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ތެރެއިން ސިޓީއަށް 20 ޕަސެންޓް ސޭލް އޮން ކްލޯޒާއި ބައި ބެކް އޮޕްޝަނެއް އޮންނައިރު އެއީ 15 މިލިއަން ޕައުންޑް އަޕް ފްރޮންޓް އަދި ހަތަރު މިލިއަން ޕައުންޑްގެ އެޑް-އޮން އެވެ. އުމުރުން 20 އަހަރުގެ ޓްރެފޯޑް ޕްރިމިއާ ލީގުގައި ނުފެންނައިރު، އޭނާ ވަނީ މިދިޔަ ދެ ސީޒަން ވެސް ލޯނު އުސޫލުން އެކްރިންޓަން އާއި ބޯލްޓަންއާއެކު ހޭދަކޮށްފަ އެވެ.

19 މިލިއަން ޕައުންޑުގެ މި އެއްބަސްވުމުގެ ސަބަބުން ޓްރެފޯޑް ބާންލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ވާނެއެވެ. މީގެކުރިން އެންމެ އަގުބޮޑު ކުޅުންތެރިންނަކީ 15 މިލިއަން ޕައުންޑަށް ގެނައި ކްރިސް ވުޑާއި ބެން ގިބްސަން އެވެ. އެއީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ގެނައި ދެ ކުޅުންތެރިންނެވެ.

މި މަހު ކުރިޔަށްދިޔަ 21 އަހަރުން ދަށުގެ ޔޫރޯގެ އެންމެ މޮޅު ކީޕަރަކީ ޓްރެފޯޑެވެ. އޭނާ ކައިރިން މި މުބާރާތުގައި އެންމެ ލަނޑެއްވެސް ވަދެފައެއް ނުވެއެވެ. އެއީ މުބާރާތުގެ ތާރީހުގައިވެސް ރެކޯޑެކެވެ. އޭނާ ވަނީ ފައިނަލް މެޗުގެ ފަހު ވަގުތު ސްޕެއިންގެ އެބެލް ރުއިޒް ޖެހި ޕެނަލްޓީ އެއްވެސް މަތަކޮށްފައެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ބާންލީ ނިކުންނާނީވެސް ސިޓީއާ ދެކޮޅަށެވެ. ބާންލީގެ ކޯޗަކީ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު