Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޓީސީ އާ ދެކޮޅަށް ނިކުންނައިރު ގްރީންގެ މުހިންމު ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ

ގްރީސް ސްޓްރީޓްސްގެ ކުޅުންތެރިންގެ ތެރެއިން ދަނޑު މައްޗަށް ނިކުންނަ ކޮންމެ ކުޅުންތެރިޔަކު ވެސް މިހާތަނަށް އެ ކުޅުންތެެރިޔެއްގެ އެންމެ މޮޅު ކުޅުން ދައްކާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2023 | ބުދަ 19:05
ދިވެހި ޕްރިމިއާ ލީގުގެ ޕްރެސް ކޮންފަރެންސެއްގައި ނިސްތާރު

ދިވެހި ޕްރިމިއާ ލީގުގެ ޕްރެސް ކޮންފަރެންސެއްގައި ނިސްތާރު

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނައިރު، ކުލަބު ގްރީން ސްޓްރީޓްސްގެ އެންމެ މުހިންމު ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފި އެވެ.

ޓީސީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިސްތާރު ބުނީ، ޓީމުގެ އެންމެ މުހިންމު ސްޓަރައިކަރަށް ޓީސީ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. އަނެއްކޮޅުން ގްރީންގެ ޑިފެންސްގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ، އިބްރާހީމް ހަސީބަށް ވެސް ނުކުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް، ގްރީސް ސްޓްރީޓްސްގެ ކުޅުންތެރިންގެ ތެރެއިން ދަނޑު މައްޗަށް ނިކުންނަ ކޮންމެ ކުޅުންތެރިޔަކު ވެސް މިހާތަނަށް އެ ކުޅުންތެެރިޔެއްގެ އެންމެ މޮޅު ކުޅުން ދައްކާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ދެ ކުޅުންތެރިންގެ ބަދަލުގައި ނިކުންނަ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ކުޅުނު މެޗަށްފަހު، ކުރިއަށް އޮތް މެޗަށް އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމުގެ ކަންބޮޑުވުން ނިސްތާރު ވަނީ ފާޅުކޮށްފަ އެވެ. އެއީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުން ދިމާވި ކަމެއް ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. ނިސްތާރު ބުނި ގޮތުގައި މި ދުވަސްކޮޅު ގިނަ ކުޅުންތެރިން އަންނަނީ ކުލަބު މޯލްޑިވްސް ކަޕްގެ އިތުރުން ބައެއް އެހެނިހެން މުބާރާތްތަކުގައި ކުލެމުންނެވެ. އެހެންކަމުން ގިނަ ކުޅުންތެރިން އަންނަނީ ސީދާ މެޗަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓީސީ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިސްތާރު ބުނީ، ދެ ޓީމަކީ ވެސް ދާދި އެއް ފެންވަރެއްގެ ދެ ޓީމު ކަމަށެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވި ނަމަވެސް، ގްރީންގެ ޓާާގެޓަށް ބަދަލެއް ނާންނަކަން ފާހަގަ ކުރަމުން ނިސްތާރު ބުނީ، އަދި ވެސް މަސައްކަތް ކުރާނީ ގަދަ ހަތަރަކަށް ކަމަށެވެ. ފުޓުބޯޅައިގައި ކަންތައް ކުރިއަށްދާ ގޮތަކީ، ކިތަންމެ ދަށް ޓީމެއް ނަމަވެސް، މޮޅު ޓީމެއް ބަލިކުރެވޭ ފަހަރު ވެސް އައުން ކަމަށް އޭނާ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ގްރީން އަށް ލިބުނީ ތިން ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. ޓީސީ އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ޓީސީ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސްއަލީ ނިސްތާރު މުހައްމަދު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
01 ނޮވެމްބަރު 2025

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު