Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

އެމްއެލްއެސްގައި މެސީއަށް ފަސޭހައެއް ނުވާނެ: ރޫނީ

18 ޖުލައި 2023 | އަންގާރަ 04:27

ރޫނީ ބުނީ އެމްއެލްއެސްއަށް ގިނަ ކުޅުންތެރިން އައިސް އެޑަޕްޓް ކުރަން އުނދަގޫވާ ކަމަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 ޖުލައި 2023 | އަންގާރަ 04:27
މެސީ އާއި ރޫނީ

މެސީ އާއި ރޫނީ

އިންޓަ މިއާމީއާ ގުޅުނު ލިއޮނެލް މެސީ އަށް މޭޖާ ލީގު ސޮކާގައި "ފަސޭހައެއް ނުވާނެ" ކަމަށް ޑީސީ ޔުނައިޓެޑްގެ ކޯޗު ވޭން ރޫނީ ބުނެފިއެވެ.

ޓައިމްސް އޮފް ލަންޑަނަށް ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރޫނީ ބުނީ އެމްއެލްއެސްއަށް ގިނަ ކުޅުންތެރިން އައިސް އެޑަޕްޓް ކުރަން އުނދަގޫވާ ކަމަށާއި މެސީ އަށްވެސް އެ އުނދަގޫ ކުރިމަތިވެދާނެކަމަށެވެ.

ރޫނީ ބުނީ ހުރިހާ ކަމެއްވެސް އޮތީ މެސީއަށް ޓަކައި ހަމަޖެހިފައިކަމަށެވެ. އެގޮތުން މެސީ އާއެކު ބާސެލޯނާގައި ކުޅެފައިވާ ބުސްކޭޓްސް އެ ޓީމަށް ސޮއިކޮށްފައިވާއިރު، ޖޯޑި އަލްބާވެސް އެ ޓީމާ ގުޅުމާ ގާތްވެފައިވާއިރު، އިނިއެސްޓާ ނުވަތަ ސުއަރޭޒްވެސް ގުޅިދާނެކަމަށް ރޫނީ ބުންޏެވެ. އަދި އެ ޓީމުގެ ކޯޗަކަށް މެސީ އިތުބާރުކުރާ ކޯޗެއް ކަމަށްވާ ޓާޓާ މާޓިނޯ ހަމަޖައްސާފައިވާ ވާހަކަވެސް ރޫނީ ފާހަގަކުރިއެވެ.

ރޫނީ ބުނި ގޮތުގައި އެމްއެލްއެސް އާ ގުޅުނު ގިނަ ކުޅުންތެރިންނަށް އެ ލީގު ވެފައިވަނީ އުނދަގޫ ލީގަކަށެވެ. އޭގެތެރޭގައި ދަތުރުކުރުމާއި، އެކި ސިޓީތަކުގެ ޙާލަތްތައް ތަފާތުވުން ހިމެނޭކަމަށް އޭނާ ފާހަގަކުރިއެވެ.

14 އަހަރު ދުވަސް ޔުނައިޓެޑަށް ކުޅުމަށްފަހު ރޫނީ އެމްއެލްއެސްގެ ޑީސީ ޔުނައިޓެޑަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. 2020 ވަނަ އަހަރާ ހަމައަށް ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ޑީސީ ޔުނައިޓެޑަށް 52 މެޗު ކުޅެދީ 25 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ކޯޗުގެ މަގާމަށް އެނބުރި އައިސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

ޕީއެސްޖީގައި ދެ އަހަރު ހޭދަކުރުމަށްފަހު މެސީ އިންޓަ މިއާމީއާ ގުޅުމަށް ނިންމީ މިދިޔަ މަހުއެވެ. އިންޓަ މިއާމީ އާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. އިންޓަ މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލާފައިވަނީ އާދިއްތަ ދުވަހުއެވެ.

އިންޓަ މިއާމީ އިން ބުނީ މެސީ އަށް އެންމެ ފުރަތަމަ ފުރުސަތު ލިބޭނީ މި މަހުގެ 21 ވަނަ ދުވަހު ލީގު ކަޕްގައި މެކްސިކޯގެ ކްރޫޒް އަޒުލްއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށެވެ.

ލިއޮނެލް މެސީއިންޓަ މިއާމީވޭން ރޫނީ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް