Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޞާލިހު އަށް ދެވަނަ ދައުރެއް ދިނުން

މިހާރު ރައީސާއި އެކު ކޯލިޝަންގައި ނެތް ޕާޓީތަކުގެ މީހުން މަޤާމުގައި އަދިވެސް ބައިތިއްބާފައި ތިބީ ރައީސްގެ އޯގާތެރިކަމުން - އިމްރާން

17 ޖުލައި 2023 | ހޯމަ 14:22

ރައީސްއަކީ ޚިޔާލުތަފާތުވާ މީހުންނާއި އެކުގައި ވެސް މަސައްކަތް ކުރެއްވޭ ޤާބިލް ބޭފުޅެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖުލައި 2023 | ހޯމަ 14:22
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫން ބޭފުޅެއް ވެރިކަމުގައި ހުންނެވި ނަމަ ކޯލިޝަނުގައި ތިބެ އެމަނިކުފާނާއި އެކުގައި ނެތް އެކަކު ވެސް ސަރުކާރުގައި ނުހުންނާނެ ކަމަށާާއި، އެ މީހުން މަޤާމުގައި ބޭތިއްބީ ރައީސްގެ އޯގާތެރިކަމުން ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ވ.ފުލިދޫގައި ވާހަކަދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ އެ ބޭފުޅުން މަޤާމުގައި ބޭތިއްބުމުގެ ނަތީޖާ ރަނގަޅު ކަމަށެވެ. މިހާރު އެ ބޭފުޅުން ކެނޑިޑޭޓުންގެ ގޮތުގައި ނުނިކުންނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި ވެރިކަަމަށް ކުރިމަތިލި ނަމަވެސް އޭގެ ތެރެއިން ބޭފުޅުން ވެސް ރައީސަށް ތާއީދުކުރާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ މިހާތަނަށް ކުރި ކެމްޕެއިން ދަތުުރުތަކުން އެނގުނީ ރައްޔިތުންގެ ތާއީދު ދުވަހަކަށް ވުރެ ދުވަހެއް ރައީސް އަށް އިތުރުވަމުންދާ ކަން ކަމަށެވެ.

Advertisement - newsAdvertisement

ކެމްޕެއިން ދަތުރުތަކުން ކުރެވެނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭ ކަމުގެ އިހުސާސް ކަމަށާއި އެއީ މި ކެމްޕެއިންގެ ތެރެއިން ފެންނަ އެންމެ ރީތި މަންޒަރު ކަމަށް އިމްރާން ވިދާޅުވިއެވެ. ކުޑަ އާބާދީ އެއް އޮތް ރަށްރަށަށް ވެސް ރައީސް ދެއްވާ އިސްކަން މި ދަތުރުން އެކަނިވެސް ހާމަވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. ރައީސް އެ ރަށްރަށަށް ވަޑައިގެން އާއްމުން ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް އަކީ ޚިޔާލުތަފާތުވާ މީހުންނާއި އެކުގައި ވެސް މަސައްކަތް ކުރެއްވޭ ޤާބިލް ބޭފުޅެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲރައީސް ވ. އަތޮޅު ދަތުރުފުޅު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
17 ސެޕްޓެމްބަރު 2023

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން
13 ސެޕްޓެމްބަރު 2023

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް
01 ސެޕްޓެމްބަރު 2023

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން
31 އޯގަސްޓު 2023

ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން

31 އޯގަސްޓު 2023
ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން
12 އޯގަސްޓު 2023

ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު

12 އޯގަސްޓު 2023
ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު
11 އޯގަސްޓު 2023

ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން

11 އޯގަސްޓު 2023
ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން
09 އޯގަސްޓު 2023

ރައީސް ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވޭނެ އެއްވެސް ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިނުލައްވާ: އިމްރާން

09 އޯގަސްޓު 2023
ރައީސް ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވޭނެ އެއްވެސް ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިނުލައްވާ: އިމްރާން
17 ޖުލައި 2023

ރައީސް ސާލިހު ހޮވަންވީ ބައިތުލްމާލު ދެގުނަ ކުރަން - މައުރޫފް

17 ޖުލައި 2023
ރައީސް ސާލިހު ހޮވަންވީ ބައިތުލްމާލު ދެގުނަ ކުރަން - މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް