Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސަށް މައުރޫފްގެ ތައުރީފް

ރައީސް ސާލިހު ހޮވަންވީ ބައިތުލްމާލު ދެގުނަ ކުރަން - މައުރޫފް

ކޯލިޝަނާއެކު ސަރުކާރު ދެވަނަ ދައުރަކަށް ހޮވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖުލައި 2023 | ހޯމަ 14:21
އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް

ބައިތުލްމާލު ދެގުނަ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް، އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ވ. ފުލިދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައީސާއެކު 3 ދުވަހުގެ ތެރޭގައި 13 ރަށަށް ދެވިފައިވާ ކަަމަށެވެ. އެ ދަތުރުތަކުން ފެނުނީ ރައީސްގެ ކިބާގައި މި ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ނުގޮސް ކާމިޔާބުކުރުމުގެ ބުންވަރާއި ހިތްވަރު ހުރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިރައްޔިތުންގެ ލޯބި ރައީސަށް އޮތްކަން އިހުސާސްކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ރައީސްދެކެ ލޯބި ވަނީ ކުލަޔަކަށް އާބާދީއަކަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެއްވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރައީސް ސާލިހަކީ އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ކޯލިޝަނާއެކު ސަރުކާރު ދެވަނަ ދައުރަކަށް ހޮވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރުވެސް ސިއްރު ކޯލިޝަނެއްގެ ތެރެއިން ރައީސް ސާލިހާއެކު މަސައްކަތް ކުރެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ. ކޯލިޝަނާއެކު މަސައްކަތްކުރައްވާއިރު، ކޯލިޝަން ހެދި އެހެން ރައީސުންނާ އެމަނިކުފާނާ ހުރި ތަފާތު ފެނިވަޑައިގަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރައީސް ސާލިހަކީ ނަމޫނާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސަކީ ރައްޔިތުންނަށް ވަގުތު ދެއްވާ، ތަފާތު ނުކުރައްވާ ބޭފުޅެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ރައީސް ވ. އަތޮޅު ދަތުރުފުޅުއަލީ މައުރޫފް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2023

"އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން، ރާޒުވާ ކުޅިބައި އަތުރާލަން ރައީސަށް ވަގުތުކޮޅެއް ދިނީ"

17 ސެޕްޓެމްބަރު 2023
"އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން، ރާޒުވާ ކުޅިބައި އަތުރާލަން ރައީސަށް ވަގުތުކޮޅެއް ދިނީ"
11 އޯގަސްޓު 2023

ގަދަ ހޫނާއި ބޯ ވިއްސާރާގައި ވެސް މަރުހަބާ ދެންނެވުމަށް ނުކުތުމަކީ ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ ކަމުގެ ހެއްކެއް: މައުރޫފް

11 އޯގަސްޓު 2023
ގަދަ ހޫނާއި ބޯ ވިއްސާރާގައި ވެސް މަރުހަބާ ދެންނެވުމަށް ނުކުތުމަކީ ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ ކަމުގެ ހެއްކެއް: މައުރޫފް
17 ޖުލައި 2023

މިހާރު ރައީސާއި އެކު ކޯލިޝަންގައި ނެތް ޕާޓީތަކުގެ މީހުން މަޤާމުގައި އަދިވެސް ބައިތިއްބާފައި ތިބީ ރައީސްގެ އޯގާތެރިކަމުން - އިމްރާން

17 ޖުލައި 2023
މިހާރު ރައީސާއި އެކު ކޯލިޝަންގައި ނެތް ޕާޓީތަކުގެ މީހުން މަޤާމުގައި އަދިވެސް ބައިތިއްބާފައި ތިބީ ރައީސްގެ އޯގާތެރިކަމުން - އިމްރާން
17 ޖުލައި 2023

2018 ވަނަ އަހަރުވެސް އެމްޑީއޭއިން ތިބީ އަޅުގަނޑާއެކު ކަމަށް ބުނި - ރައީސް

17 ޖުލައި 2023
2018 ވަނަ އަހަރުވެސް އެމްޑީއޭއިން ތިބީ އަޅުގަނޑާއެކު ކަމަށް ބުނި - ރައީސް
17 ޖުލައި 2023

ވ.އަތޮޅުގައި ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ޤާއިމްކުރަނީ

17 ޖުލައި 2023
ވ.އަތޮޅުގައި ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ޤާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު