Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާ

ރައީސް ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވޭނެ އެއްވެސް ކެންޑިޑޭޓަކު އިންތިޚާބަށް ކުރިމަތިނުލައްވާ: އިމްރާން

ކެމްޕޭނެއްގައި ވައުދެއް ވެވަޑައިގަންފިނަމަ، އެ ވައުދެއް ރަނުން ރަނަށް ފުއްދަވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޯގަސްޓު 2023 | ބުދަ 01:00
ގދ. ގައްދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާ

ގދ. ގައްދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވޭނެ އެއްވެސް ކެންޑިޑޭޓަކު މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ކެމްޕޭނެއްގައި ވައުދެއް ވެވަޑައިގަންފިނަމަ، އެ ވައުދެއް ރަނުން ރަނަށް ފުއްދަވާކަން އެއީ މިއަދު ފެންނަން އޮތް ހަޤީޤަތެއް ކަމަށެވެ.

ފާއިތުވި ފަސް އަހަރު ވެގެންދިޔަ ކަންތައްތަކަށް ފުންކޮށް ވިސްނާ ނަޒަރު ހިންގައިފިނަމަ، ރަށްތަކަށް ތަރައްޤީ މި ސަރުކާރުން ގެންނަކަން ވާދަވެރި ސިޔާސީ ޕާޓީތަކުގެ މީހުން ވެސް ޤަބޫލުކުރާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ވެރިކަމަށްވުރެ ކުރިން އޭރުގެ ކޯލިޝަންތައް ރޫޅި ވިއްސިވިހާލިވެގެންދިޔައިރު ވެސް އަދާލަތު ޕާޓީ ކެތްކުރި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އޭރު ކެތްކުރީ ވަރަށް އުނދަގުލުގައި ކަމަށް ވިދާޅުވިއެވެ.

އިމްރާން ވަނީ ގދ. މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލައި، ތަނަށާއި ތަކެއްޗައް ގެއްލުން ދިނުމުން އެކަން ކުށްވެރި ކުރައްވާފައެވެ. އަދި މިއީ 2023 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގަންޖެހޭ ގޮތެއް ނޫން ކަމަށާއި މިއަދު ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރަންވާނީ އެންމެންނަށް ވެސް ސިޔާސީ މަސައްކަތް ކުރުމުގެ ޖާގަ އާއި މާހައުލުދީގެން ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲއަދާލަތު ޕާޓީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު