Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި އަމާން ރާއްޖެ

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

1 ސެޕްޓެމްބަރު 2023 | ހުކުރު 02:42

އިސްލާހީ މަސައްކަތުގައި ރައީސް މަސައްކަތް ކުރައްވާފައި ވަނީ ހިކުމަތްތެރިކަމާއި އެކުގައި ކަމަށް އިމްރާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ސެޕްޓެމްބަރު 2023 | ހުކުރު 02:42
ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން

ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ މިހާރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި ރާއްޖޭގައި ހުންނެވި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވީ ހިންނަވަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އިސްލާހީ މަސައްކަތުގައި ރައީސް މަސައްކަތް ކުރައްވާފައި ވަނީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއި އެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު 8 އަހަރު މަސައްކަތްކުރެއްވި އިރު ބާރު ސްޕީޑުގައި ހުރިހާ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ މަންޒަރު ފެނިވަޑައިގަތް ކަމަށް އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ ރައީސް ޞާލިހު އަކީ އަތޮޅުތެރޭގެ އާދައިގެ ރަށަކަށް އުފަންވެވަޑައިގެން، އަތޮޅުތެރޭގެ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި މާލެ އަށް ވަޑައިގެން ތައުލީމް ހާސިލްކުރެއްވުމަށް ފަހު، އިގްތިޞާދީ އުފެއްދުންތެރިކަން އެންމެ ވަރުގަދަ އެއް އާއިލާއާ ގުޅިވަޑައިގެން ތަޖުރިބާ ހޯއްދެވިކަމަށެވެ. އަދި މަޖިލީހުގައި 25 އަހަރު ހޭދަކުރައްވާ ހޯއްދެވި ތަޖުރިބާ އަށް ފަހު ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ރައީސަށް އެނގިވަޑައިގަންނަވާ ކަަމަށް އިމްރާން ވިދާޅުވިއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރަކަށް މީހަކު ހޮވުމަކީ އުނދަނގޫ ކަމެއް ކަމަށާއި މަޖިލީހަށް ތަކުރާރުކޮށް ރައީސް ހޮވިވަޑައިގަތުމުން އެނގެނީ ރައީސް އަކީ ދުރުވިސްނޭ ބޭފުޅެއްކަން ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސް އަކީ އޯގާތެރި ކެތްތެރި، ހިކުމަތްތެރި ވެރިއެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ރައީސަކީ ދުރުވިސްނޭ ބޭފުޅެއް ކަަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކުން ރައީސް ހޮވިވަޑައިގެންފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު ތިބީ މިކަން ނިންމައިގެން ކަމަށާއި ރައީސް ޞާލިހު ހޮވާނީ އެއްބުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲއުފާވެރި އަމާން ރާއްޖެ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
20 ސެޕްޓެމްބަރު 2023

ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް

20 ސެޕްޓެމްބަރު 2023
ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް
19 ސެޕްޓެމްބަރު 2023

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

19 ސެޕްޓެމްބަރު 2023
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
17 ސެޕްޓެމްބަރު 2023

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން
16 ސެޕްޓެމްބަރު 2023

ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް

16 ސެޕްޓެމްބަރު 2023
ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް
14 ސެޕްޓެމްބަރު 2023

އެމްޑީޕީއާއެކު އެމްޑީއޭއިން ކޯލިޝަން ހެދީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްޤީކުރަން އެހެން ބަޔަކަށް ނޭންގޭތީ: ސާލިމް

14 ސެޕްޓެމްބަރު 2023
އެމްޑީޕީއާއެކު އެމްޑީއޭއިން ކޯލިޝަން ހެދީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްޤީކުރަން އެހެން ބަޔަކަށް ނޭންގޭތީ: ސާލިމް
14 ސެޕްޓެމްބަރު 2023

އެކި ސަބަބުތަކާ ހެދި އެމްޑީޕީއާ ދުރަށް ޖެހިފައިވާ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަށް ޝިޔާން ގޮވާލައްވައިފި

14 ސެޕްޓެމްބަރު 2023
އެކި ސަބަބުތަކާ ހެދި އެމްޑީޕީއާ ދުރަށް ޖެހިފައިވާ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަށް ޝިޔާން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް