Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި އަމާން ރާއްޖެ ތިނަދޫ ޖަލްސާ

ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން

ރާއްޖެ ތަރައްގީވާނީ މާލޭގެ މަގުތަކާއި މާލޭގެ ގެދޮރު ބިނާ ކުރާ ފަދައިން އައްޑޫގެ ގެދޮރާއި މަގުތައް ބިނާކުރެވިގެންކަމަށް އިމްރާން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޯގަސްޓު 2023 | ބުރާސްފަތި 02:58
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރާއްޖެ ތަރައްޤީކޮށް ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި އޭގެ ނިޒާމާ އެއްގޮތަށް ތަރައްޤީގެ ޕްލޭންތައް ކުރަހާ ކުލައްޖައްސާ ތަންފީޒުކުރަން އެނގޭ ވެރިއަކަށްކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއްނެތި ތަރައްޤީ ގެންނެވުންކަމަށެވެ. އެވައުދާ އެއްގޮތަށް މި ފަސް އަހަރުތެރޭގައި ފެނިގެންދަނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ތަރައްޤީ ގެންނަވަމުންދާތަންކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖެ ތަރައްޤީވާނީ މާލޭގެ މަގުތަކާއި މާލޭގެ ގެދޮރު ބިނާ ކުރާ ފަދައިން އައްޑޫގެ ގެދޮރާއި މަގުތައް ބިނާކުރެވިގެންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ބިނާކުރާ ފަދައިން ތިނަދޫ ބިނާކޮށް ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީގައި އުޅޭ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ފަދައިން މ ރަތްމަންދޫ އާއި ވ ރަކީދޫގައި ދިރިއުޅޭ މީހުންނަށްވެސް ހިތްހަމަޖެހުން ގެނެސްގެންކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކަންކަން ކޮޕީކުރައްވާ ކެންޑިޑޭޓެއް އެބައުޅުއްވާކަމަށެވެ.

އިމްރާން ވިދާޅުވީ ލާމަރުކަޒީ ވިސްނުން ހަޖަމުނުކުރެވޭ ލާމަރުކަޒީ ވިސްނުމާއި ޚިޔާލު ނެތްބަޔަކަށް ރާއްޖޭގެ 187 ރަށް ތަރައްގީނުކުރެވޭނެކަމަށެވެ. 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ލާމަރުކަޒީ ނިޒާމު އޮތީ ދިރިހުއްޓާ ކަފުންކޮށް ވަޅުލަން ތައްޔާރުކޮށްފައިކަމަށް އިމްރާން ވިދާޅުވިއެވެ. މިމަސައްކަތުގައި އޭރު އެންމެ އިސްކޮށް ހުންނެވީ މިހާރުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްކަމަށް އިމްރާން ވިދާޅުވިއެވެ.

އުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު