Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްބާސް އާދިލް ރިޒާ

ފުލުހުންނަށްވެސް އައްބާސް ހާޒިރެއް ނުކުރެވުނު، މިއަދުވެސް ޗިޓް ރައްދު ނުކުރެވޭތީ ކެންސަލް

އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން މީގެ ކުރިންވެސް އެތައް ފަހަރަކު އަޑުއެހުންތައް ކެންސަލްވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖުލައި 2023 | ހޯމަ 07:48
ކޯޓު އަމުރާ ގުޅިގެން ހޯދަމުންދާ ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޟާ (45އ)

ކޯޓު އަމުރާ ގުޅިގެން ހޯދަމުންދާ ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޟާ (45އ)

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ, އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޟާ (45އ) ޝަރީއަތަށް ހާޒިރު ނުކުރެވިގެން އަނެއްކާވެސް އެ މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

އޭނާ ޝަރީއަތަށް ހާޒިރު ނުކުރެވިގެން އެންމެ ފަހުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުން އިއުލާނު ކުރީ 23 މެއި 2023 ގައެވެ. އެއީ ދައުލަތުން ދަޢުވާކުރާ ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2023 މެއި 23 ވަނަ ދުވަހު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އެ ދުވަހުގެ އަޑުއެހުމަށް ފުލުހުންނަށްވެސް އޭނާ ހާޒިރު ކުރެވިފައެއް ނުވެއެވެ.

އޭގެ ދުވަސްތަކެއް ފަހުން ހޯމަ ދުވަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް އޭނާއަށް ޗިޓް ރައްދުކޮށް ނުދެވޭތީ މި އަޑުއެހުންވެސް ކުރިއަކަށް ނުގެންދެވެއެވެ.

އެނގިފައިވާ ގޮތުގައި ޗިޓް ހިފައިގެން ދިޔައިރު ފޯނު ނުނަގާތީއާއި، ގެ ތަޅުލާފައި ހުރުމުން މިފަހަރުވެސް ޗިޓް ރައްދުކުރެވޭ ގޮތެއް ނުވިއެވެ.

އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގޭތީ އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން މީގެ ކުރިންވެސް އެތައް ފަހަރަކު އަޑުއެހުންތައް ކެންސަލްވެފައިވެއެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ, ޑިސެންބަރު 2022ގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން، ޕެޓްރޯލާއި ގާބުރިފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

އަދި، 23 ޑިސެންބަރު 2022 ދުވަހު، އޭނާ ބޭނުންކުރާ ޓުވިޓަރ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓްވީޓްކޮށްފައިވެސްވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އައްބާސް އާދިލް ރިޒާކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު