Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ޓްރެފިކް ކުރުން

ކޮކެއިން ހުރި ފޮއްޓާ ޙަވާލުވާން ދިޔަ މީހާ އުމުރަށް ޖަލަށް

ޙަސަން އިބްރާހީމް ފޮއްޓާ ޙަވާލުވާން ގޮސްފައިވަނީ އޭނާ ދަންނަ ފަރާތެއްގެ އެދުމުގެ މަތިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 07:07
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މަސްތުވާތަކެތި ފޮރުވާފައި ހުރި ފޮއްޓަކާ ޙަވާލުވާން ދިޔަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ރ މަޑުއްވަރީ މިރިހިމާގޭ ޙަސަން އިބްރާހީމްގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 3 މެއި 2022 ގައި ތުރުކީގެ ރައްޔިތަކު ރާއްޖެއަށް ގެނައި ލަގޭޖެއްގައި މަސްތުވާތަކެތި ހުރުމުން، އެ ލަގޭޖާ ޙަވާލުވާ މީހަކު ބެލުމަށް ފުލުހުންގެ ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކަށްފަހުއެވެ. އެގޮތުން އޭނާއަކީ މަސްތުވާތަކެތި ހުރި ލަގޭޖާ ޙަވާލުވާން އައި މީހާއެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި އެ ލަޖެޖުން 4 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގި ފުލުހުންގެ ހެކިބަހަށް ބަލާއިރު، ފުލުހުން ވަނީ ތުރުކީގެ ރައްޔިތު މީހާ ގެސްޓްހައުސްއަކަށް ގެންގޮސް، މަސްތުވާތަކެތި ހުރި ފޮއްޓާ ގުޅޭގޮތުން އެމީހާ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތު ކުރާ މީހާއާ މުއާމަލާތް ކުރުވާފައެވެ.

އޭގެ ފަހުން ދައުވާލިބޭ ޙަސަން އިބްރާހިމް ވަނީ ތުރުކީގެ ރައްޔިތު މީހާ ހުރި ގެސްޓުހައުސްއަށް ގޮސް، "މައިކަލް" ކަމަށް ބުނެ ތައާރަފްވެ، އޭނާއަތަށް ފައިސާ ދީފައެވެ. އަދި މަސްތުވާތަކެތި ހުރި ފޮށި ހިފައިގެން ނުކުންނާން ދިޔަ ވަގުތު އެތަނުގައި ފިލާ ތިބި ފުލުހުން ވަނީ ނުކުމެ އޭނާ ހައްޔަރުކޮށްފައެވެ.

އޭރުވެސް ވަޓްސްއަޕުން ތުރުކީގެ ރައްޔިތު މީހާއަށް މަސްތުވާތަކެއްޗާ ގުޅޭގޮތުން މެސެޖު ކުރަމުންދިޔަ މީހާ ދިޔައީ ހުއްޓުމެއްނެތި މެސެޖު ކުރަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެތަކެތީގެ އަސްލު ވެރިފަރާތް ހޯދުމަށް ފުލުހުންނަށް އޭނާ އެއްބާރުލުން ދީފައެއް ނުވެއެވެ. އަދި އެ ފޮއްޓާ އޭނާ ޙަވާލުވި ސަބަބެއް ބުނެދެވިފައިނުވާކަމަށް ހެކިބަސް ދިން ފުލުހުން ބުނެފައިވެއެވެ.

ތުރުކީ މީހާގެ މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެއްޗާ ގުޅޭގޮތުން ވަޓްސްއަޕުން ތުރުކީ މީހާއާ މުއާމަލާތު ކުރި މީހާ ވަނީ އެ ފޮށި އެއްތަނުން އަނެއްތަނަށް ގެންދިއުމާ ގުޅޭ އިރުޝާދު ދީފައެވެ. އެގޮތުން ފޮށި ބަލައި މައިކަލް ކިޔާ މީހަކު އަންނާނެކަމާއި، އޭނާ ހުންނަ ހޮޓަލަކަށް މައިކަލް ކިޔާ މީހާ އައުމުން، ފޮށި ޙަވާލު ކުރުމަށް އިރުޝާދު ދީފައިވެއެވެ.

ޙަސަން އިބްރާހިމްގެ މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފޮޓޯތަކާއި ވީޑިއޯތަކުގެ އިތުރުން، "މުޅި އުމުރު މި ހޭދަކުރަނީ ރިސްކުގައި" ކަމަށް ބުނެ މީހަކަށް ކޮށްފައިވާ މެސެޖުތަކެއް ފެނިފައިވެއެވެ.

އަދި އޭނާ ވަރަށް އަވަހަށް ތައްޔާރުވެގެން ގެސްޓްހައުސްއަށް ގޮސް، ފޮއްޓާ ޙަވާލުވުމަށް މީހަކު އޭނާއަށް އިރުޝާދު ދީފައިވާ މެސެޖުތަކެއްވެސް ފެނިފައިވެއެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޙަސަން އިބްރާހިމް ބުނެފައިވަނީ އޭނާއަށް ފޮށީގައި ހުރީ މަސްތުވާތަކެތިކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ ދިފާއުގައި އެއްވެސް ހެއްކެއްވެސް ހުށައަޅާފައެއް ނުވެއެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން 13 ޝަފަހީ ހެއްކެއް ހުށައެޅިއެވެ.

ޙުކުމުގައި ބުނެފައިވާ ގޮތުގައި ޙަސަން އިބްރާހިމް ފޮއްޓާ ޙަވާލުވާން ގޮސްފައިވަނީ އޭނާ ދަންނަ ފަރާތެއްގެ އެދުމުގެ މަތިންކަން ހެކިތަކުން އެނގެއެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަމެއް ތަހުގީގަށް ހޯދިފައެއް ނުވެއެވެ.

ހަމައެއާއެކު، ފުލުހުންގެ ތަހުގީގުގައި އޭނާ ގެސްޓްހައުސްއަށް ދިޔައީ އީދާ ދިމާކޮށް ހުޅުމާލޭގައި މަޑުކޮށްލުމަށް ކަމަށް ބުނެ ދޮގު ހަދާފައިވެއެވެ.

އޭނާ އެގޮތަށް ހަގީގަތް އޮޅުވާލާފައިވަނީ ގޯސް ނިޔަތެއް އޮވެގެންކަން ޝަރީއަތަށް ޤަބޫލު ކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ މި މައްސަލައިގައި ހުށައެޅިފައިވާ ހެކި ޤަރީނާއަށް ބަލާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ޙުކުމް ކުރައްވާފައެވެ.

ގާޒީ ވަނީ އޭނާ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު