Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕް

އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕް: އިބޫއާއި ކުޑަ އިއްސެ، ރެޕެޗާޖުގެ ހަވަނަ ބުރަށް

ރެޕެޗާޖް ފަހަކުން އިބޫއަށް އެއްވަނަ، ކުޑަ އިއްސެއަށް ދެވަނަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 15 ޖުލައި 2023 | ހޮނިހިރު 12:34
އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ތެރެއިން

އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ތެރެއިން

އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ރެޕެޗާޖު ހަވަނަ ބުރުން, ރާއްޖޭގެ ހުސައިން އަރީފް (އިބޫ) އަދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ޖާގަ ހޯދައިފިއެވެ.

ރެޕެޗާޖުން އެއްވަނަ އަދި ދެވަނަ ހޯދާ ސާފަރުންނަށް މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ލިބޭއިރު، މި ބުރުގައި ވާދަކުރާނީ ރެޕެޗާޖުގެ ފަސްވަނަ ބުރުގެ ދެ ހީޓުން އެއްވަނަ އަދި ދެވަނަ ހޯދާ ސާފަރުންނެވެ.

ފުރަތަމަ ތިން ބުރުން އެއްވަނަ ހޯދި އިބޫ ވަނީ މިއަދުގެ ހަތަރުވަނަ ބުރުގެ ދެވަނަ ހީޓުގައި ވާދަކޮށްފައެވެ. އިބޫއަށް ތިންވަނަ ލިބުނު ނަމަވެސް، އޭނާ ވަނީ ރަނގަޅު ސްކޯއެއް ހޯދާފައެވެ. ފުރަތަމަ ރާޅުން 6.33 އަދި ދެވަނަ ރާޅުން 6.00 ހޯދަޢި، އޭނާ ވަނީ ޖުމްލަ 12.33 ޕޮއިންޓު ސްކޯކޮށްފައެވެ. މި ހީޓުން އެއްވަނަ ހޯދި ޖަޕާނުގެ އިކޯ ވަތަނަބޭ ވަނީ 14.74 ހޯދާފައެވެ. އަދި ދެވަނަ ހޯދި ޖަޕާނުގެ ރިކީ ސަޓޯ ވަނީ 14.07 ސްކޯކޮށްފައެވެ.

ހަތަރު ވަނަ ބުރުން ތިންވަނަ ލިބުމާއެކު އިބޫ ވަނީ ރެޕެޗާޖުގެ ފަސްވަނަ ބުރަށް ގޮސްފައެވެ. އަދި ރެޕެޗާޖް ހަތަރެއް ކާމިޔާބުކުރި ކުޑަ އިއްސެއާއި އަހުމަދު އާގިލް (އަންމަޑޭ) ވެސް ރެޕެޗާޖް ފަހަކުން ޖާގަ ހޯދިއެވެ. މި ތިން ސާފަރުންވެސް ވާދަކޮށްފައިވަނީ ދެވަނަ ހީޓުގައެވެ.

13.80 ގެ ނަތީޖާއަކާއެކު ދެވަނަ ހީޓު ކާމިޔާބުކޮށްފައިވަނީ އިބޫއެވެ. އަދި ކުޑަ އިއްސެ ދެވަނަ ހޯދީ 12.76ގެ ސްކޯއަކާއެކުއެވެ. 9.93 ހޯދި އަންމަޑޭއަށް ލިބުނީ ތިންވަނައެވެ. މިއާއެކު ރެޕެޗާޖް ހަޔަކުން ޖާގަ ހޯދައި، މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ލިބުނީ އިބޫއާއި ކުޑަ އިއްސެއަށެވެ.

ރެޕެޗާޖް ހަޔަކުން އެއްވަނަ އަދި ދެވަނަ ހޯދާ ސާފަރުން ކޮލިފައިވާނީ ރެޕެޗާޖް ހަތްވަނަ ބުރަށެވެ. މި ބުރުގައި އިތުރަށް ވާދަކުރާނީ ފަސްވަނަ ބުރުން ތިންވަނައާއި ހަތަރުވަނައަށް ދާ ސާފަރުންނެވެ. ރެޕެޗާޖް ހަތަކުން އެއްްވަނަ އަދި ދެވަނަ ހޯދާ ސާފަރުންނަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު