Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕް

އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕް: ތިން ހީޓުން އެއްވަނަ ހޯދައި، އިބޫ ހަތަރުވަނަ ބުރަށް

11 ޖުލައި 2023 | އަންގާރަ 14:18

އިބޫއަކީ ރާއްޖޭގެ ސާފިންގ ޓީމުގެ ކެޕްޓަން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 11 ޖުލައި 2023 | އަންގާރަ 14:18
އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ތެރެއިން

އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ތެރެއިން

ތުލުސްދޫގައި މިހާރު ކުރިޔަށްދާ އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕުގައި ވާދަކުރި ތިން ހީޓުންވެސް އެއްވަނަ ހޯދައި، ރާއްޖޭގެ ސާފިންގ ޓީމުގެ ކެޕްޓަން، ހުސައިން އަރީފް (އިބޫ) ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ހީޓުތަކަށް ބަލާއިރު، ފުރަތަމަ ބުރުގެ 12 ވަނަ ހީޓުން އިބޫ އެއްވަނަ ހޯދީ 12.33ގެ ސްކޯއަކާ އެކުއެވެ. އަދި ދެވަނަ ބުރުގެ ހަވަނަ ހީޓުން އޭނާ ވަނީ 9.94ގެ ނަތީޖާއަކާއެކު އެއްވަނަ ހޯދާފައެވެ.

ފިރިހެން ބައިގެ ތިންވަނަ ބުރުގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ. މި ބުރުގެ ތިންވަނަ ހީޓުގައި ވާދަކޮށް، އިބޫ ވަނީ 13.06ގެ ނަތީޖާއަކާއެކު އެއްވަނަ ހޯދައި، ހަތަރުވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. ރާއްޖޭގެ ހަސަން ނާސިހުވެސް ވާދަކޮށްފައިވަނީ މި ހީޓުގައެވެ. 6.70ގެ ސްކޯއަކާއެކު އޭނާއަށް ލިބުނީ ތިންވަނައެވެ. މީގެއިތުރުން، އިސްމާއީލް މިގްލާލް ވަނީ 6.67ގެ ނަތީޖާއަކާއެކު ދެވަނަ ހީޓުގެ ތިންވަނަ ހޯދާފައެވެ.

އަންގާރަ ދުވަހު ކުރިޔަށްދިޔަ ޖޫނިއާ ބައިގެ ހީޓުތަކުން ރާއްޖޭގެ މުހައްމަދު އިނާން އަބްދުލް ހަންނާނާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އިނާން ވަނީ 6.67ގެ ނަތީޖާއަކާއެކު ފުރަތަމަ ބުރުގެ ފަސްވަނަ ހީޓު ކާމިޔާބުކޮށްފައެވެ. އަދި ކަޔާން ވަނީ 9.93ގެ ނަތީޖާއަކާއެކު ހަވަނަ ހީޓުގެ އެއްވަނަ ހޯދަފައެވެ. ދެވަނަ ބުރުގައި ދެ ބައިވެރިންނަށް ހަތަރުވަނަ ލިބުނުނަމަވެސް، މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަންހެން ބައިގައި ރާއްޖޭގެ އާޔާ ނަސީމް ވަނީ ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުން ތިންވަނަ ހޯދާފައެވެ.

އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕަކީ، 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް