Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އިބޫއަށް ބޮޑު ކާމިޔާބެއް، ދެވަނަ ފަހަރަށް ބްރޯންޒް މެޑަލް

މީގެ ކުރިން އިބޫ ވަނީ 2019 ވަނަ އަހަރު ޗައިނާގައި ކުރިޔަށް ދިޔަ މުބާރާތުން ލޯ މެޑަލް ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 16 ޖުލައި 2023 | އާދީއްތަ 12:16
އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ތެރެއިން

އޭޝިޔަން ސާފިންގ ޗެމްޕިއަންޝިޕުގެ ތެރެއިން

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެއްވަނަ ރާޅާ އެޅުންތެރިޔާ އަދި ގައުމީ ސާފިންގ ޓީމުގެ ކެޕްޓަން، ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދައިފިއެވެ.

މިއީ އޭޝިއާގެ މި މުބާރާތުން އިބޫ ލޯ މެޑަލް ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2019 ވަނަ އަހަރު ޗައިނާގައި ކުރިޔަށް ދިޔަ މުބާރާތުން ލޯ މެޑަލް ހޯދާފައެވެ.

މިއަދު ކުރިޔަށްދިޔަ ފައިނަލްގެ ކުރިން އިބޫ ވަނީ ރެޕެޗާޖުގެ ދެ ބުރުގައި ވާދަކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ ވާދަކޮށްފައިވަނީ ރެޕެޗާޖުގެ ހަވަަނަ ބުރުގައެވެ. 14.90ގެ ނަތީޖާއަކާއެކު އިބޫ ވަނީ އެ ބުރު ކާމިޔާބުކޮށް، ރެޕެޗާޖުގެ ހަތްވަނަ ބުރުން ޖާގަ ހޯދާފައެވެ. އިބޫއާއެކު ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވެސް ރެޕެޗާޖް ހައެއްގައި ވާދަކުރިއެވެ. ކުޑަ އިއްސެއަށް ލިބުނީ 8.40ވެ.

ރެޕެޗާޖު ހަތެއްގައި ވާދަކޮށްފައިވަނީ އިބޫގެ އިތުރުން ޖަޕާނުގެ ތިން ސާފަރުންނެވެ. މި ބުރުން 13.84 ގެ ނަތީޖާއަކާއެކު ދެވަނަ ހޯދައި، އިބޫ ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ފައިނަލުގައި އިބޫގެ އިތުރުން ޗާދަކޮށްފައިވަނީ އިންޑޮނޭޝިއާގެ ދަނީ ވިޑިއަންޓޯއާއި ޖަޕާނުގެ ދެ ސާފަރުން ކަމަށްވާ ރިކީ ސަޓޯއާއި އިއްކޮ ވަޓަނަބޭއެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ ދަނީއެވެ. އޭނާ ވަނީ ފައިނަލުގައި 17.83 ސްކޯކޮށްފައެވެ. ދެވަނަ ހޯދި ރިކީއަށް ލިބުނީ 13.90 ޕޮއިންޓެވެ. އިބޫ ތިންވަނަ ހޯދާފައިވަނީ 10.87ގެ ނަތީޖާއަކާއެކުއެވެ.

މިއަހަރުގެ މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތެކެވެ. ފިރިހެން ބައިން އިބޫ ލޯ މެޑަލް ހޯދިއިރު، މުބާރާތުގެ މިކްސްޑް ޓީމް އިވެންޓް ކަމަށްވާ އަލޯހާ ކަޕުންވެސް ގައުމީ ޓީމު ވަނީ ލޯ މެޑަލް ހޯދާފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023

އިތުރަށް ކިޔާލަން

18 ޖުލައި 2023

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

18 ޖުލައި 2023
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު