Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

ފައިނަލުގައި ވާދަކުރި 16 ސާފަރުން ތެރެއިން 11 ސާފަރުންނަކީ ޖަޕާނުގެ އެތުލީޓުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 ޖުލައި 2023 | އަންގާރަ 03:04
މުބާރާތުގައި ވާދަކުރި ޖަޕާނުގެ ސާފަރުން

މުބާރާތުގައި ވާދަކުރި ޖަޕާނުގެ ސާފަރުން

ތުލުސްދޫގައި ކުރިޔަށްދިޔަ އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕުގައި އެންމެ ގިނަ މެޑަލް ހޯދާ، އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން ވެއްޖެއެވެ.

ދުނިޔޭގެ 18 ގައުމަކުން ވާދަކޮށްފައިވާ މި މުބާރާތުގެ ފަސް އިވެންޓުގެ ފައިނަލުގައި އެންމެ ގިނައީވެސް ޖަޕާނުގެ ސާފަރުންނެވެ. މިކްސްޑް ޓީމް އިވެންޓު ކަމަށްވާ އަލޯހާ ކަޕުގެ ދެވަނަ ޖަޕާނުން ހޯދާފައިވާއިރު، ފިރިހެން ބައިގެ ފައިނަލުގައިވެސް ޖަޕާނުގެ ދެ ސާފަރުން ހިމެނެއެވެ. އެއީ ދެވަނަ ހޯދި ރިކީ ސަޓޯ އާއި ހަތަރު ވަނަ ހޯދި އިއްކޮ ވަތަނަބޭއެވެ.

އަންހެން ބައިގެ ޗެމްޕިއަންކަމާ ރަނަރަޕްކަން ހޯދާފައިވަނީވެސް ޖަޕާނުގެ ދެ ސާފަރުންނެވެ. ރަނަރަޕް ލިބުނީ މިރާއީ އިކެޑާ އަށެވެ. ޗެމްޕިއަންކަން ހޯދީ މި މުބާރާތުގެ ދެ އިވެންޓަކުން ޗެމްޕިއަންކަން ހޯދި ހަމައެކަނި އެތުލީޓު، ސުމޯމޯ ސަޓޯ އެވެ. އޭނާ ވަނީ 18 އަހަރުން ދަށުގެ އަންހެން ބައިންވެސް އެއްވަނަ ހޯދާފައެވެ.

ޖޫނިއާ ބައިގެ ފައިނަލްތައް ކުރިޔަށް ގޮސްފައިވަނީ ހޯމަ ދުވަހުއެވެ. ޖޫނިއާ އަންހެން ފައިނަލުގައި ސުމޯމޯގެ އިތުރުން ވާދަކޮށްފައިވަނީ ޖަޕާނުގެ ދެ ސާފަރުން ކަމަށްވާ މިރާއީ އިކެޑާ އާއި ކެނޮން ޓަކަހާށީގެ އިތުރުން ޗައިނާގެ ސިކީ ޔަންގެވެ. ސުމޯމޯ ޗެމްޕިއަންކަން ހޯދާފައިވަނީ 14 ޕޮއިންޓާއެކުއެވެ. 12 ޕޮއިންޓާއެކު ދެވަނަ ލިބުނީ ސިކީ އަށެވެ. ތިންވަނަ ލިބުނީ އަންހެން ސީނިއާ ބައިން ދެވަނަ ހޯދި މިރާއީ އަށެވެ. އޭނާ އަށް ފައިނަލުގައި ލިބުނީ 10.50 ކެވެ. ކެނޮން އަށް ލިބުނީ 8.17 އެވެ. މިއާއެކު، ޖޫނިއާ އަންހެން ބައިންވެސް ޖަޕާނު ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.

ޖޫނިއާ ފިރިހެން ބައިންވެސް ޖަޕާނުގެ ސާފަރުން ވަނީ ތަފާތު ދައްކާފައެވެ. މި ބައިގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޖަޕާނުގެ ހަތަރު ސާފަރުންނެވެ. ޗެމްޕިއަންކަން ހޯދާފައިވަނީ ސީނިއާ ބައިން ހަތަރުވަނަ ހޯދި އިއްކޮ ވަތަނަބޭއެވެ. އޭނާ ވަނީ ފައިނަލުގައި 16.83 ހޯދާފައެވެ. ކުޑަ ފަރަގަކާއެކު އޭނާ އާ ޖެހިގެން ދެވަނައަށް ދިޔައީ ރިކީ ސަޓޯ އެވެ. ސީނިއާ ބައިގެވެސް ދެވަނަ ލިބުނު ރިކީ ވަނީ 16.34 ހޯދާފައެވެ. 10.94 ގެ ނަތީޖާއަކާއެކު ތިންވަނަ ލިބުނީ ޓަރޯ ޓަކާއީ އަށެވެ. އަދި 10.90 ގެ ސްކޯ އަކާއެކު ހަތަރުވަނަ ލިބުނީ ކައިސީ އަޑާޗީއަށެވެ. މިއާއެކު، ހަތަރު އިވެންޓުގެ ފައިނަލުގައި ވާދަކުރި 16 ސާފަރުން ތެރެއިން 11 ސާފަރުންނަކީ ޖަޕާނުގެ އެތުލީޓުންނެވެ.

އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕަކީ، 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ. އަދި މިއީ ރާއްޖޭގައި މިއަހަރު ބޭއްވި ހަތްވަނަ ބައިނަލްއަގުވާމީ މުބާރާތެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި

02 ނޮވެމްބަރު 2024
ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި
28 އޮކްޓޯބަރު 2024

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

28 އޮކްޓޯބަރު 2024
ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން
06 ފެބުރުއަރީ 2024

ގައުމީ ސާފިން ކޯޗަކަށް އިބޫ

06 ފެބުރުއަރީ 2024
ގައުމީ ސާފިން ކޯޗަކަށް އިބޫ
20 ޖުލައި 2023

"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!

20 ޖުލައި 2023
"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!
16 ޖުލައި 2023

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އިބޫއަށް ބޮޑު ކާމިޔާބެއް، ދެވަނަ ފަހަރަށް ބްރޯންޒް މެޑަލް

16 ޖުލައި 2023
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އިބޫއަށް ބޮޑު ކާމިޔާބެއް، ދެވަނަ ފަހަރަށް ބްރޯންޒް މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު