Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އަމާންކަން ދެމެހެއްޓުން

މާފުށިން ފެންނަ އުފާވެރިކަން ލިބެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުން - ރައީސް

13 ޖުލައި 2023 | ބުރާސްފަތި 17:22

އެ ރަށުގެ ގެސްޓް ހައުސްއާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖުލައި 2023 | ބުރާސްފަތި 17:22
ރައީސް ސާލިހު ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް ސާލިހު ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް ފުރުސަތު ހުޅުވާލުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ "އުފާވެރި އަމާން" ކެމްޕެއިން ޖަލްސާގައި ވާހަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވަނީ ވައުދުތަކަކާއި އަމާޒަކާއެކުގައި ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ އާ ޒުވާނުންނަށް ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މިހާތަށްވުރެ ބޮޑަށް ދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ޒުވާނުންނަށް ދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. ދިވެހިންނަކީ ވިސްނުންތެރި، ހޭލުންތެރި، މަަސައްކަތްތެރި ބައެއްކަމަށާއި، ބޭނުން ވަނީ އެ މަސައްކަތް ކުރާނެ ޖާގަ ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ މަގުސަދަކަށް ވާންވާނީ އެކަން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވާ އަސާސީ ޚިދުމަތާއި އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔައީ ތަފާތުކުރުމެއް ނެތި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ވެރިކަން ނިމޭއިރު ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ރަށެއްގައި ނިމެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މާފުއްޓާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ވީ ވައުދުތަކުގެ %90 ނިންމީ ދިމާވި ދަތިތަކާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މާފުށިން ފެންނަ އުފާވެރިކަން ލިބެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ރަށުގެ ގެސްޓް ހައުސްއާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމާއެކު މިއަދު ރައްޔިތުންނަށް އިހުސާސްކުރެވެނީ އުފާވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ އެ ރަށުން ރައީސަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މާފުށީ ރައްޔިތުން ތިބީ ބޭނުންވާ އުފާވެރި އަމާން ރާއްޖެއަށް ދާން ތައްޔާރަށްކަން ބުރާސްފަތި ދުވަހު ފެނުނު މަންޒަރުތަކުން އެނގިވަޑައިގެންފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާފުށީގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މުހިންމު ކަންކަމަށް ރައީސް އަލިއަޅުވާލެއްވިއެވެ. ރައީސް ވަނީ ރައްޔިތުން އެދުނު ގޮތަށް މާފުށީގެ ބިން ކައުންސިލާ ހަވާލުކޮށް، އެ ބިން މާފުއްޓާ ގުޅުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މާފުށީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ އެރަށަށް ލިބޭ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ މަރުކަޒަށް ބަދަލުތައް ގެނެސް، އެ ތަނުން ކުރިން ނުލިބޭ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައި ވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް