Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މާފުއްޓަށް ވަޑައިގަތުން

ރައީސް ސާލިހު މާފުއްޓަށް، މިރޭ ޖަލްސާ އޮންނާނެ

13 ޖުލައި 2023 | ބުރާސްފަތި 13:53

ގުޅިއާއި ގުރައިދޫއިން ވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2023 | ބުރާސްފަތި 13:53
ރައީސް ސާލިހު މާފުއްޓަށް ވަޑައިގެންނެވުން

ރައީސް ސާލިހު މާފުއްޓަށް ވަޑައިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކ. މާފުއްޓަށް ވަޑައިގެންފިއެވެ.

ކ އަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ކ. ގުޅިއަށެވެ. ދެވަނައަށް ވަޑައިގެންނެވީ ގުރައިދޫއަށެވެ. އަދި ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތުގައި ވަޑައިގެންފައިވަނީ މާފުއްޓަށެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރައްވާ މިދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ރޭ 20:30ގައި މާފުށީގައި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ.

މާފުށީގެ އިތުރުން ގުޅިއާއި ގުރައިދޫއިން ވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ގުޅިއަށް ވަޑައިގެން، އެރަށުގައި އެމްޑީޕީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވިއެވެ. އަދި އެމަނިކުފާނު ގުޅީގެ ރައްޔިތުންނާއެކު ކަންމަތީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އޮޅުންފިލުއްވިއެވެ. މީގެ އިތުރުން ގުރައިދޫއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާވެސް ރައީސް ސާލިހު ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ ގުރައިދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށެވެ.

ގުރައިދޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ގިނަ އަދަދެއްގެ އާއްމުން ވަނީ އެމްޑީޕީއަށް ސޮއިކޮށް، ރައީސް ސާލިހު އަތްޕުޅަށް ފޯމްތައް އަރުވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް