Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޞާލިހު ކ.ގުޅި އަށް ވަޑައިގަތުން

ވެރިކަމުގައި ތިބޭ ބަޔަކު މުޒާހަރާ އަށް ނުކުންނަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ސިޔާސަތެއް ކަމަށް ރައީސް ޞާލިހު ވިދާޅުވެއްޖެ

13 ޖުލައި 2023 | ބުރާސްފަތި 09:30

މިއަދު ގުޅީގެ އެމްޑީޕީގެ ޖަގަހަ ހުޅުވާދެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖުލައި 2023 | ބުރާސްފަތި 09:30
ރައީސް އިބްރާހިީމް މުޙައްމަދު ސާލިޙު

ރައީސް އިބްރާހިީމް މުޙައްމަދު ސާލިޙު

ވެރިކަމުގައި ތިބޭ ބަޔަކު މުޒާހަރާ ކުރަން ނުޖެހޭ ކަމަށާއި އެއީ ވިސްނަން ޖެހޭ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ކ.އަތޮޅު ގުޅި އަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވެރިކަމުގައި ތިބެ މުޒާހަރާ އަށް ނުކުންނަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެ ސިޔާސަތާއި މެދު ވިސްނަން ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެ ދުވަސް ވެސް މިއަދު މާޒީ ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އައު ފަސް އަހަރަށް ތައްޔާރުވެފައިވާ ކަމަށް ވާއިރު ސަރުކާރާއި ހަވާލު ކުރި ކަންކަން ރަނގަޅަށް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު އެންމެ އުނދަނގޫކަމަކަށް ވީ އަސާސީ ޚިދުމަތްތައް ލިބެން ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. ވަޑައިގަންނަވާ ކޮންމެ ރަށަކުން އިވިވަޑައިގަތީ ސިއްޙީ ޚިދުމަތް ނުލިބޭ ވާހަކަ އާއި ތައުލީމް ރަށުން ނުލިބޭ ވާހަކަ އާއި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ ވާހަކަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ޒަރޫރީ ބޭނުންތައް ކުރިން ސަރުކާރަކުން ގެނެސް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ އިސް ވާޖިބެއް ކަމަށް ހެެއްދެވީ އެ އަސާސީ ޚިދުމަތްތައް ތަފާތުކުރުމެއް ނެތި ދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅި އަށް ވަޑައިގަންނަވާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ކ.އަތޮޅުގެ ތިން ރަށަކަށް ރައީސްކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ކަންމަތީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އާއްމުންނާއި ބައްދަލުކުރައްވާ އާއްމުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅީގެ އިތުރުން ގުރައިދޫ އަދި މާފުއްޓެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ޞާލިހު ވަނީ ކ. ގުޅީ އެމްޑީޕީ ކެމްޕެއިން ޖަގަހަ ހުޅުވާދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް ބުރާސްފަތި ދުވަހުގެ ރޭ މާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް