Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއާޕާސންގެ އިންތިހާބު

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

އެމްޑީޕީން ބޭނުންވާ ބަދަލުތައް ގެނެވޭނެކަމަށް ގަބޫލުކުރަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 8 ފެބުރުއަރީ 2017 | ބުދަ 23:45
ހަސަން ލަތީފް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

ހަސަން ލަތީފް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލަން ނިކުތުމަކީ، އެމްޑީޕީއަށް އޮތް ތާއީދު ދައްކާލުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ޗެއާޕާސަންގެ މަޤާމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީން ބޭނުންވާ އިސްލާހީ ބަދަލުތައް ގެންނެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މަޤާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް، އަދި ކުރީގެ މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ. އިންތިހާބުގައި ވޯޓުލުމަށް ހުރިހާ މެމްބަރުންވެސް ނުކުންނަން ޖެހެނީ ސަބަބަކީ ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީގެ ސައިޒު ދައްކާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަޤާމަށް ކުރި ކެމްޕޭންގައި ގިނަ އަދަދެއްގެ އެމްޑީޕީ އާންމު މެމްބަރުންނާއި ބައްދަލުވެފައިވާ ކަމަށާއި، ކުރިއަށްވުރެ ބޮޑު ތާއީދެއް އަތޮޅު ތެރެއިން އެމްޑީޕީއަށް އެބައޮތް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ޕާޓިއަށް އޮތް ތާއީދު އިތުރުވި ނަމަވެސް، ޕާޓީގެ ހަރަކާތްތައް ވަރަށް މަދުވެފައިވާކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ވަނީ ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

"އަޅުގަނޑަށް ފެނިގެންދިޔަ ހަރަކާތްތައް މަދުވެފައިވާ ތަން. ދެން އޭގެ ސަބަބުތައް އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، ސަރުކާރުގެ އަނިޔާވެރިކަމާއި، ސަރުކާރުން އެ ޖާގަ، ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ ހަނިކޮށްފައިވާ މިންވަރުގެ ބޮޑުކަމުން. އެކަމުގެ ސަބަބުން ހަޤީޤަތުގައި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވެ ނޫޅެވެނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުދެކެ ފޫހިވާ ރައްޔިތުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ގެނައި ތަރައްޤީ، ގިނަ ރައްޔިތުން މިއަދު ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ވަޑައިގެން، ޕާޓީގެ ގޮފިތައް އަލުން ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. ސަރުކާރުން ހުރަސްތައްކުރިމަތިކުރި ނަމަވެސް ގޮފިތައް އެކުލަވާލާ، ކުރާ މަސައްކަތުގެ ސަބަބުން އެމްޑީޕީން ބޭނުންވާ ބަދަލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ލަތީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، ޤައުމުގެ ކަންކަން އިސްލާހުކުރެވޭނެކަމަށްވެސް ގަބޫލުކުރައްވާކަމަށެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް އެކަންކުރެވޭނެ. އިންތިހާބުތައް ކާމިޔާބުކުރުމަށްވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއް މިއީ. މި ދެންނެވި މަސައްކަތަކީ (ގޮފިތައް ހެދުމުގެ މަސައްކަތް). ރަށްރަށުގައި އެމްޑީޕީގެ ރޫހުއޮތުން، އެކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ އެނގޭތޯ." ހަސަން ލަތީފް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު