Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަރަބި ކެލިގްރަފީ

ނޫރުގެ މަސައްކަތުން، އަރަބި ކެލިގްރަފީއަށް އާ އަލިކަމެއް

ބޭނުންވީ، އުޅޭތަނުގައި ކެލިގްރަފީ ރަމްޒުވާން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 ޖުލައި 2023 | ބުދަ 15:17
އަރަބި ކެލިގްރަފީގެ މަސައްކަތެއް ކުރަނީ

އަރަބި ކެލިގްރަފީގެ މަސައްކަތެއް ކުރަނީ

ޚައްތު ނުވަތަ އަރަބި ކެލިގްރަފީއަކީ ފަންނުވެރި ލިޔުންތެރިކަމުގެ ދާއިރާއަށް ބަލާއިރު އެންމެ ކަވި އެއް ހުނަރުކަމުގައި ދެންނެވިދާނެއެވެ. އޭގެ ސިންދަފާތުކަމާއި ކުރިއަރައި ތަރައްގީވަމުން ދާ ގޮތަށް ބަލާއިރު، ފަންނުވެރިކަމުގެ ނަޒަރިއްޔާގައި އަރަބި ކެލިގްރަފީއަކީ ގިނަ ބައެއްގެ މެދުގައި ޚާއްސަ ގަދަރެއް ދެވިފައި އޮންނަ ފަންނެކެވެ. އަރަބި ސަގާފަތުގެ ބޮޑު ބައެއް ހިއްސާކުރާ ފަންނެކެވެ. ދީނާއި، އިލްމާއި، އިމާރާތްކުރުން ފަދަ އެކި ދާއިރާތައް ކުރިއެރުވުމުގައި އަރަބި ކެލިގްރަފީގެ ހިއްސާ ފިސާރި ބޮޑެވެ. އިސްލާމް ދީނާ ގުޅޭ ކެލިގްރަފީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އަރަބި ކެލިގްރަފީ ކަމުގައި ވީނަމަވެސް، އަރަބި ހުރިހާ ކެލިގްރަފީއަކީ އިސްލާމީ މައުލޫމާތު ކަމަށް ނިންމައިގެން ނުވާނެއެވެ. ނަސާރާ ދީނުގެ ޝިއާރުތަކާ އެކުގައިވެސް އަރަބި ކެލިގްރަފީ ފަރުމާކޮށްފައި ހުންނައިރު، މިއީ ވަރަށް ގާތުން ސަމާލުވާންޖެހޭ ކަމެކެވެ.

އަރަބި ކެލިގްރަފީގެ ފަންނުވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ފަރިތަކުރެވޭ ހުނަރެއް ނޫނެވެ. ނަމަވެސް ބަހްރައިނުގެ ޒުވާން ފަންނުވެރިޔާ، ނޫރު އާލް ސާނީ މަސައްކަތް ކުރަމުން ދަނީ، އަރަބި ކެލިގްރަފީއަށް އާ އަލިކަމެއް ހޯދައިދިނުމަށެވެ. އާ އަލިކަމެއް ހޯދައިދެނީއޭ ބުނަންޖެހެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ނޫރުގެ މަސައްކަތަކީ، އެކި ޒާތްޒާތުގެ ބައްތިތަކަށް އަރަބި ކެލިގްރަފީގެ އެހީގައި އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނުމެވެ. މަގުސަދަކީ ގަލަމާއި ފޮތުން ބޭރަށް އަރަބި ބަހުގެ ޒީނަތްތެރިކަން ގެންގޮސްދީ، ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތް ހެދުމެވެ.

އަރަބި ކެލިގްރަފީން ބައްތިތައް ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ނޫރު މަޝްޣޫލުވެ އުޅެނީ އިންތިހާ ޝައުގުވެރިކަމާ އެކުގައެވެ. އެ މަސައްކަތް ކުރަނީ، އޭނާގެ އަމިއްލަ ގޭގައި ހުޅުވައިގެން އުޅޭ ވޯކްޝޮޕެއްގައެވެ. އުމުރުން 30 އަހަރުގެ ނޫރަކީ، އިންޓީރިއާ ޑިޒައިނުގެ ރޮނގުން ޚާއްސަވެފައިވާ ޒުވާނެކެވެ. ބައްތީގައި އަރަބި ކެލިގްރަފީގެ ފަރުމާތައް އަޅަންފަށަނީ، ކަސްޓަމަރުންގެ ހުށަހެޅުންތައް ރަމްޒުވާ ގޮތަށެވެ. އެއަށްފަހު އޭނާގެ ކޮމްޕިއުޓަރުގައި އެ ފަރުމާގެ 3ޑީ މޮޑެލެއް ތައްޔާރުކުރެއެވެ. އެންމެ ފަހު މަރުހަލާއަކީ އެކި ކަހަލަ ތައްގަނޑުތައް ބޭނުންކޮށްގެން އެ ބައްތި އުފެއްދުމުގެ މަރުހަލާއެވެ.

އަރަބި ކެލިގްރަފީއަކީ އަރަބި އަދި އިސްލާމީ ދުނިޔޭގެ ސަގާފަތުގެ މުހިންމު ހިއްސާދާރަކަށް ވާއިރު، ތައުލީމާއި ސައިންސް، އަދި ސަގާފަތާބެހޭ އދ.ގެ އިދާރާ (ޔުނެސްކޯ)އިން 2021 ވަނަ އަހަރު ވަނީ، ފިކުރީ ސަގާފީ ތަރިކައިގެ ލިސްޓުގައި އަރަބި ކެލިގްރަފީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2023

ގޭ ބަދިގޭގައި ފެށި މަސައްކަތުން ރަޝާގެ ޚިދުމަތް މުޅި ރަށަށް

06 ޖޫން 2023
ގޭ ބަދިގޭގައި ފެށި މަސައްކަތުން ރަޝާގެ ޚިދުމަތް މުޅި ރަށަށް
08 މާރިޗު 2022

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

08 މާރިޗު 2022
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް
12 ފެބުރުއަރީ 2020

އާލިއާ އަށް ކަރަންގެ ހިތް އަތުލެވުނީ 3 މަހުގެ މަސައްކަތުން

12 ފެބުރުއަރީ 2020
އާލިއާ އަށް ކަރަންގެ ހިތް އަތުލެވުނީ 3 މަހުގެ މަސައްކަތުން
31 މެއި 2019

ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކޮށްފި

31 މެއި 2019
ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކޮށްފި
27 ޖެނުއަރީ 2019

އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ނަދިން ލަބަކީ

27 ޖެނުއަރީ 2019
އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ނަދިން ލަބަކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު