Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އާލިއާ އަށް ކަރަންގެ ހިތް އަތުލެވުނީ 3 މަހުގެ މަސައްކަތުން

އާލިއާ ވަނީ އޭނާ އަކީ އެންމެ މަގްބޫލު އެއްތަރިކަން ސާބިތުކޮށްދީފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ފެބުރުއަރީ 2020 | ބުދަ 16:21
އާލިއާ ބަޓް

އާލިއާ ބަޓް

ބޮލީވުޑްގައި އެންމެ ކާމިޔާބު އެއްތަރިކަމަށްވާ އާލިއާ ބަޓް ބލީވުޑަށް ތަޢާރަފުވެގެން ދިޔައީ 2012 ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ފިލްމު " ސްޓޫޑެންޓް އޮފް ދަ އިޔަރ" އިންނެވެ.

ސިދާތު މަލޯތްރާ އާއި، ވަރުން ދަވަންއާއެކު އާލިއާ ފެނިގެންދާ މި ފިލްމުގައި އޭނާ އަދާކޮށްފައިވަނީ ޝަނާޔާ ސިންހާނިޔާގެ ރޯލުންނެވެ. ފިލްމުގައި ޝަނާޔާއަކީ ކެމްޕަސްގައި އެންމެ ފެޝަން އަދި އެންމެ މަޝްހޫރު އަންހެންކުއްޖާއެވެ.

މި ފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން އާލިއާ ވަނީ އޭނާ އަކީ ފޭނުންގެ މެދުގައި އެންމެ މަގްބޫލު އެއްތަރިކަން ސާބިތުކޮށްދީފައެވެ.

އޭރުންފެށިގެން މިހާތަނަށް އާލިއާ ވަނީ އޭނާ ކުޅެފައިވާ ގިނަ ފިލްމުތަކުން އެވޯޑުތައް ވެސް ހާސިލު ކޮށްފައެވެ.

"ކަލަންކް"ގެ ތަރި އާލިއާ އަށް މިހާސިސާބަށް އާދެވުނު އިރު، އޭނާގެ ފުރަތަމަ އޮޑިޝަންގެ ވާހަކަ ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ ހިއްސާކޮށްފައެވެ.

އޮޑިޝަންގައި ފިލްމު "އައި ހެޓް ލަވް ސްޓޯރީ" ގެ "ބަހާރާ" މި ލަވައަށް އާލިއާ ވަނީ އެކްޓްކޮށްފައެވެ. ކަރަން އަށް އޭނާގެ އެކްޓިން ކަމުގޮސް އެނާއަށް މިދާއިރާގައި ބެލުންތެރިންގެ މަޤްބޫލުކަން ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ކަރަން ވަނީ ބުނެފައެވެ.

އާލިއާގެ ގާތު އޭނާގެ ބަރުދަން ލުއިކޮށް ހަށިގަނޑު ބައްޓަން ކުރެވޭނެތޯ ސުވާލު ކުރި ކަމަށް ކަރަން ބުންޏެވެ.

އޭގެ ތިން މަސް ފަހުން އާލިއާ އާއި ދިމާވިއިރު އޭނާގެ ޖަހާފައި ހުރި ބޭބީ ފެޓްސްތައް ދުއްވާލާ ޝޭޕަށް ފިޓުވެފައިވާ ކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި އާލިއާ ފެނިގެން ދިޔައީ ތަފާތު މީހެއްގެ ގޮތުގައި ކަމަށްވެސް ކަރަން ބުންޏެވެ.

އާލިއާ މިހާރު ކުރަމުންދާ މަސައްކަތްތަކައް ބަލާއިރު، ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ އަޔާން މުކަރުޖީގެ ފިލްމު "ބަރްމާސްތްރާ" އިންނެވެ. މި އަހަރުގެ ޑިސެންބަރު މަހުގެ 4 ގައި ރިލީޒް ކުރާ މި ފިލްމުގައި އޭނާ ފެނިގެންދާނީ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކުގައެވެ. މި ފިލްމުގެ މުހިންމު ރޯލު ތަކުން އަމީތާބް ބައްޗަން އާއި، މޯނީ ރޯއީވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާލިއާގެ ބައްޕަ މަހޭޝް ބަޓްގެ ފިލްމް "ސަޅަކް2" ގައި ވެސް އޭނާ ފެނިގެންދާނެ އެވެ. މި ފިލްމުގައި އާލިއާއާއެކު ލީޑް ރޯލުން އޭނޭގެ ދައްތަ ޕޫޖާ ބަޓާއި، އަދިތުޔާ ރޯއީ ކަޕޫރު އަދި ސަންޖޭ ދަތު ފެނިގެންދާނެއެވެ.

އަދި ކަރަން ޖޯހަރުގެ ފިލްމު "ތަޚްތުގައި ވެސް ރަންވީރު ސިންގް އާއި އެކު އާލިއާ ފެނިގެންދާނެއެވެ. މި ފިލްމުގައި ނަރީނާ ކަޕޫރު ޚާން އާއި، އަނިލް ކަޕޫރާއި، ޖާންވީ ކަޕޫރު، ބޫމީ ޕަދްނޭކަރު އަދި ވިކީ ކައުޝަލް ފެނިގެންދާނެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

07 މާރިޗު 2017
ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
28 ފެބުރުއަރީ 2017

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

28 ފެބުރުއަރީ 2017
އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި
22 ފެބުރުއަރީ 2017

"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި

22 ފެބުރުއަރީ 2017
"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު