Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޕްރެޒެންޓަރެއް

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޓީވީ ޕްރެޒެންޓަރުގެ ޓީވީ ޝޯއިން އެފަދަ މީހުންނަށް އަލިކަމެއް

8 މާރިޗު 2022 | އަންގާރަ 09:10

މަލަސް މަތީ ތައުލީމު ހާސިލްކުރީ، އަރަބި ލިޓްރޭޗަރގެ ދާއިރާއިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 މާރިޗު 2022 | އަންގާރަ 09:10
މަަލަސް : އޭނާ މަސައްކަތްކުރާ ޓީވީ ސްޓޭޝަނުގައި

މަަލަސް : އޭނާ މަސައްކަތްކުރާ ޓީވީ ސްޓޭޝަނުގައި

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެއްގެ ގޮތުގައި އުފަންވުމަކީ އޭނާގެ ނަސީބު ކަމަށް ސީރިއާގެ ޓީވީ ޕްރެޒެންޓަރު ސަހާރް މަލަސް ގަބޫލުކުރެއެވެ. އޭނާ ބުނީ އެއީ އެކަމާއެކު ހުރިހާ ކަމަކަށް ހޭނެން ކުޑައިރުއްސުރެ ފަސޭހަވުމުންނެވެ.

އުމުރުން 39 އަހަރުގެ މަލަސް މަތީ ތައުލީމު ހާސިލްކުރީ، އަރަބި ލިޓްރޭޗަރގެ ދާއިރާއިންނެވެ. ތައުލީމީ ހަޔާތުގައި، ރަހުމަތްތެރިންގެ އެހީތެރިކަމާއެކު ފިލާވަޅުތައް އޯޑިއޯއަށް ބަދަލުކުރާ ކަމަށް މަލަސް ބުންޏެވެ.

އެންމެ ކުޑައިރުވެސް ލޮލުގެ ފެނުުމުން މަހުރޫމްވި ނަަމަވެސް މަލަސް ބޭނުންވީ އާންމު މީހުންނާއި އެކަހެރި ނުވެ، ދިރިއުޅުމަށެވެ. އޭގެ ނަތީޖާ ވަރަށްވެސް ފުުރިހަމައެވެ. މިއަދު މަލަސްއަކީ ސީރިއާގެ ޓީވީ ޕްރެޒެންޓަރެކެވެ.

މީގެ ދެ އަހަރު ކުރިން "ޤަދުރުން" ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ސީރިއާގެ ޓީވީ ޗެނަލެއް ކަަމަށްވާ "އެޚްބަރިޔާ" ޓީވީއަށް އަމިއްލަ ޕްރޮގްރާމެއް އުފައްދައި ޕްރެޒެންޓް ކުރަން ފެށިއެވެ.

މިހާރު މަލަސް އަކީ އެ ޗެނަލްގެ ޕްރޫފް ރީޑަރވެސްމެއެވެ.

މަލަސް ބުނީ މިހާރު އޭނާއަށް ފުރިހަމަ މީހެއްގެ އިހުސާސް ކުރެވޭ ކަމަށެވެ.

"ބައެއްފަަހަރު މީހުންގެ ފަރާތުން ވަރަށް ނެގެޓިވް ކޮމެންޓް އާދޭ. އެކަމަކު އޭގެ ސަބަބުން މާބޮޑު އަސަރެއް ނުކުރޭ. ހުރިހާ ކަމަކީ ތަފްސީލްކޮށް ކިޔައިދޭން ޖެހޭ ކަންތައް ކަމަށް ގަބޫލް ނުކުރަން. އަހަރެން ގަބޫލު ކުރަނީ މުޖުތަމައަށް އަހަރެންގެ އިހުސާސްތައް ނޭނގުނަސް އެމީހުންގެ އިހުސާސްތައް އަހަންނަށް އެނގެން ޖެހޭނެ ކަމަށް." މަލަސް ބުންޏެވެ.

ލޮލުގެ ފެނުމުން މަހުރޫމުވުން ފިޔަވައި މަލަސްގެ އިތުރު އުނިކަމެއް ނެތެވެ. އާންމުކޮށް އެކުގައި އުޅޭ މީހުންނާއި، ގޮސް އުޅޭތަންތަނަށް ވަރަށް ފަރިތައެވެ. ނަަމަވެސް އައު މީހުން ދެނެގަތުމާއި، އައު ތަންތަން ދެނެގަތުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށް މަލަސް ބުންޏެވެ.

ސީރިޔާހިތްވަރުގަދަ އަންހެނުންއަންހެން ޓީވީ ޕްރެޒެންޓަރ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
05 އޮކްޓޯބަރު 2025

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި
22 ސެޕްޓެމްބަރު 2025

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

22 ސެޕްޓެމްބަރު 2025
60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ
03 ސެޕްޓެމްބަރު 2025

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

03 ސެޕްޓެމްބަރު 2025
ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި
18 ޖުލައި 2025

ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ

18 ޖުލައި 2025
ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ
18 ޖުލައި 2025

ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް

18 ޖުލައި 2025
ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް
16 ޖުލައި 2025

ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

16 ޖުލައި 2025
ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް